ކުޑަކުދިންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ “ގޫގުލް ޑްރައިވް” އަށް އަޕްލޯޑްކުރުމާއި، އިލެކްޓްރޯނިކް އެކި ވަސީލަތްތަކުގައި އެފަދަ ތަކެތި ރައްކާކޮށް، ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި އެވެ.
މި މައްސަލައާ ގުޅިގެން މިދިޔަ މަހު 13 ގައި ހައްޔަރުކުރީ ބ. ކުޑަރިކިލު, ހުޅެވި، އަލީ ނާޖިހު އަހްމަދު، 29، އެވެ.
އޭގެ ފަހުން އެއް ފަހަރު އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ނަމަވެސް މިދިޔަ މަހު 26ގައި އޭނާ ޝަރުތުތަކާ އެކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ މިއަދު ބުނެފަ އެވެ.
ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
ފުލުހުން ބުނީ ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ފޮޓޯއާއި ވީޑިއޯ ގެންގުޅޭ ފަރާތްތަކުގެ މައްސަލަތަކަކީ، ފުލުހުން އިސްކަންދީގެން ތަހުގީގު ކުރަމުންދާ ސީރިއަސް މައްސަލަތަކެއް ކަމަށެވެ.

ވާދޫން ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ
ޗައިނާއިން އީރާނުގެ އާއިލާތަކަށް 200،000 ޑޮލަރުގެ އެހީއެއް ދެނީ