ކުރީގެ އޮނަރަރީ ޑިސްއެބިލިޓީ އެމްބަސަޑަރު އަހްމަދު ހިޝާން ޖިންސީ ގޯނާކުރި ކަމަށް އެއްވެސް ކުއްޖަކު ބުނެފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނީ ހިޝާން ކުރި ސުވާލަކަށް ލިޔުމުން ދިން ޖަވާބުގަ އެވެ.
ފުލުހުން އޭނާއަށް ލިޔުމުން ދިން ޖަވާބުގައި ވަނީ ހިޝާން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް ކުޑަކުއްޖަކު ވެސް އަދި އެއްވެސް ބެލެނިވެރިޔަކު ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައިނުވާ ކަމަށެވެ.
ހިޝާންގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައިގެ ތަހުގީގުގެ ތެރެއިން ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވޭތޯ ބެލިއިރު، އެފަދަ ގޯނާއެއް ލިބިފައިވާ ކަމަށް ތަހުގީގުގައި އެއްވެސް ކުއްޖަކު ބުނެފައިނުވާ ކަމަށް ވެސް އެ ޖަވާބުގައިވެ އެވެ.
ހިޝާންގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައިގައި ދައުވާކުރެވޭ ވަރަށް ހެކި ލިބިފައިނުވާތީ، ޕީޖީން ވަނީ ދައުވާ ނުކުރަން ނިންމާފަ އެވެ.
ކްރޮސޯންޓުގައި މެގްނަމް: ޓްރައި ކޮށްފިންތަ؟
ޖޫންގެ ނިޔަލަށް ވީއައިއޭއަށް 1.62 މިލިއަން ފަސިންޖަރުން
ރޯދަ މަހުގެ އުމްރާ ޕެކޭޖުތަކުން 7،000 ރުފިޔާ ބޮޑުކޮށްފި
