ދިރާގުޕޭ އެޕް މެދުވެރިކޮށް ރީލޯޑް ކުރާ ކަސްޓަމަރުންނަށް އިތުރު ކްރެޑިޓް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ތައާރަފުކޮށްފި އެވެ.
ދިރާގުން ބުނިގޮތުގައި މި ޕްރޮމޯޝަނުގެ ދަށުން ވަކި އަދަދުތަކެއް ރީލޯޑް ކުރުމުން %6 އިތުރު ކްރެޑިޓް ލިބި، މީގެ ސަބަބުން ކަސްޓަމަރުންނަށް އިތުރު ފައިދާ ލިބޭނެ އެވެ.
ދިރާގުޕޭ މެދުވެރިކޮށް ރީލޯޑް ކުރާ ކަސްޓަމަރުންނަށް ބޯނަސް ކްރެޑިޓް ލިބޭނެ ގޮތްތަކަކީ:
- 100 ރުފިޔާގެ ރީލޯޑަކަށް އިތުރު 6 ރުފިޔާ
- 200 ރުފިޔާގެ ރީލޯޑަކަށް އިތުރު 12 ރުފިޔާ
- 500 ރުފިޔާގެ ރީލޯޑަކަށް އިތުރު 30 ރުފިޔާ
މި ހާއްސަ އޮފާ މެދުވެރިކޮށް ހިލޭ ކްރެޑިޓް ހޯދުމަށް، ދިރާގުޕޭ އެޕްގައިވާ "ފީޗާޑް" ޓެބްއަށް މެދުވެރިކޮށް "ދިރާގު ރީލޯޑް" އިހްތިޔާރުކުރުމަށްފަހު ޕްރިޕެއިޑް ފޯނު ނަންބަރު އަދި ރީލޯޑްކުރަން ބޭނުންވާ އަދަދު ޖަހައިގެން ކުރިއަށް ދިއުމުން އިތުރު ކްރެޑިޓް ލިބިގެންދާނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ ތިން މަސް ދުވަހުގެ މުއްދަތައް، 16 ޖޫން 2026 ގެ ނިޔަލަށެވެ.
ރީލޯޑް ހިދުމަތުގެ އިތުރުން ދިރާގުޕޭ އީ- ވޮލެޓްއިން ލިބޭ ހިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިން، ސަބް ވޮލެޓް، ޕިއާ-ޓު-ޕިއާ ޓްރާންސްފާ، ފަވަރަ ޓްރާންސްފާ އަދި ބިލަށް ފައިސާ ދެއްކުން ފަދަ ކަސްޓަމަރުންނަށް ބޭނުންތެރި ހިދުމަތްތައް ހިމެނެ އެވެ.
މި ހާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންނަށް އިތުރު ފައިދާ ހޯދައިދިނުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. ދިރާގު ފިންޓެކްގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުމެވެ.

ކަސްޓަމާއި ކަރެކްޝަން މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި
