ހދ. ހަނިމާދުއަށް ބަދަލުކުރަން ނިންމާފައިވާ އެ އަތޮޅު ހިރިމަރަދޫ މީހުންނަށް އެ ރަށު ކައުންސިލްގެ ހުއްދަ ނެތި ބިން ދޭން އުޅޭ ކަމަށް ބުނެ އެކަން ހުއްޓުވަން މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.
ފުލުހުން ބުނީ ހަނިމާދޫން ބިން ދޫކުރުމާ ގުޅޭ ގޮތުން ރަށު ކައުންސިލްގެ ކަންބޮޑުވުންތަކެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމުން އެއީ އެ މަސައްކަތުގެ މަސްއޫލިއްޔަތު އޮތް ދައުލަތުގެ ދެ މުއައްސަސާއެއްގެ މެދުގައި ހިނގާފައިވާ އިދާރީ މުއާމަލާތްތަކަކާ ގުޅުން ހުރި ކަމެއް ކަމެއް ކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިހާތަނަށް ބެލިބެލުމުގައި، އެކަމުގައި ޖިނާއީ ކުށެއް އެކުލެވިގެންވާ ކަން މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި މަދަނީ ހައްލެއް ހޯދަން އިރުޝާދު ދީފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.
ހަނިމާދޫ ކައުންސިލްގެ މެމްބަރު ފިރާގް މުހައްމަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިރިމަރަދޫ ރައްޔިތުންނަށް ގޯތި ދިނުމަށް އެ ރަށުން ބިން ދޫކުރުމުގެ މަސައްކަތް ކުރަނީ ކައުންސިލްގެ ހުއްދަ ނެތި ކަމަށެވެ. އަދި ރައްޔިތުންގެ ރުއްގަހާއި ބަންޑާރަ ރުއްގަހުގެ ބަދަލު ނުދޭއިރު އެކަން ކުރުމަށް ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ވެސް ފުރިހަމަ ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދި ކޯޓު އަމުރެއްގެ ދަށުން ބަނޑާރަ ގެއަކަށް ބަދަލު ދީފައި އޮތް ތަނަކުން ފެށިގެން މި މަސައްކަތް ކުރާތީ މިކަން ވަނީ ހުއްޓާލަން އަނގައިފަ އެވެ. އަދި މިކަން ކުރަމުން ދަނީ ލޭންޑް ޔޫސް ޕްލޭނާ ވެސް ހިލާފަށެވެ. އަދި ރައްޔިތުންގެ ނިންމުމާ ވެސް ހިލާފަށެވެ،" ފިރާގު ވިދާޅުވި އެވެ.
މިހާރު ހަދާފައި އޮތް ހަނިމާދޫގެ ލޭންޑް ޔޫސް ޕްލޭނާ ހިލާފަށް ހިރިމަރަދޫ ރައްޔިތުންނަށް ގޯތިދޭތީ އެކަމާ ކަންބޮޑުވުންފާޅުކޮށް ހަނިމާދޫ ރައްޔިތުން ވަނީ މިދިޔަ ހަފްތާގައި މުޒާހަރާ ވެސް ކޮށްފަ އެވެ.
އެ މީހުން ގޮވަމުން ދިޔައީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދާއެއްގޮތަށް ހަނިމާދޫ ރައްޔިތުންނަށް އެ ބިމުން 600 ގޯތި ދިނުމަށްފަހު ނޫނީ ހިރިމަރަދޫ ރައްޔިތުންނަށް ގޯތި ނުދިނުމަށެވެ.

އީރާނުން ގަލްފުގެ ގައުމުތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށްފި
އަލިފާނުގެ ހާދިސާއަށް 6 ދުވަސް ފަހުން ތަހުގީގުކުރަން އަންގަވައިފި
ގިނަ ގައުމުތަކުން ޓްރަމްޕްގެ ގޮވާލުމަށް ނޫނެކޭ ބުނެފި
