ވ. ފެލިދޫ ކައިރިން ދަތުރުކުރަނިކޮށް ރޭ ދަންވަރު ބަންޑުން ޖަހާލި ލޯންޗަކުން ގެއްލުނު އިންޑިއާގެ ދެ ފިރިހެނަކު އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ އެ ލޯންޗުގައި ޖުމްލަ ހަތް މީހަކު ތިބި ކަމަށެވެ. އެއީ އިނގިރޭސި ވިލާތާއި ރަޝިއާގެ ދެ އަންހެނަކާއި އިންޑިއާގެ ފަސް ފިރިހެނެކެވެ.
މި ހާދިސާގައި ލޯންޗުން ވިއްސައިގެން ގޮސް މޫދަށް ފަސް މީހަކު ވެއްޓުނު ކަމަށް ފުލުހުން ބުންޏެވެ. އެއީ ރަޝިއާގެ އަންހެނަކާއި އިންޑިއާގެ ހަތަރު ފިރިހެނެކެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުންދާ ދެ މީހުންނަކީ އިންޑިއާ ދެ ފިރިހެނުންނެވެ.
މި ހާދިސާގައި އަނިޔާވި ތިން މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކެޔޮދޫ ހުޅަނގު ދެކުނުން ދެ ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި މި ލޯންޗުން ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ރަމަޟާން މަހަކީ ތަފާތު އިހުސާސެއް ކުރެވޭ މަހެއް: ސުމްބުލް
އީދުގެ އުފަލުން އެންމެން ހިނިތުން ކުރުވައިފި
ޝައްވާލު މަހުގެ ހަ ރޯދަ ދޫކޮށްލައިގެން ނުވާނެ!