އިޒްރޭލާއި އެމެރިކާ ގުޅިގެން ދެމުންދާ ހަމަލާތަކުގައި އީރާނުގެ 210 ކުޑަކުދިން މަރުވެފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓަރު މުހައްމަދު ރެޒާ ޒަފަރުގަންދީ ހާމަކުރައްވައިފި އެވެ.
އީރާނުގެ ދައުލަތުގެ މީޑިއާ، އައިއާރުއައިބީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް ދީފައިވާ ހަމަލާތަކުގައި 210 ކުޑަކުދިން މަރުވެފައިވާއިރު، އިތުރު 1,510 ކުދިންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.
މީގެ އިތުރުން، މި ހަމަލާތަކުގެ ސަބަބުން ސިއްހީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ވަޒީރު ފާހަގަކުރެއްވި އެވެ. އެގޮތުން މިހާތަނަށް 300 އަށްވުރެ ގިނަ ސިއްހީ މަރުކަޒުތަކާއި، ފަރުވާދޭ ތަންތަނުގެ އިތުރުން ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ސެންޓަރުތަކަށް ހަމަލާތަކުގެ ސަބަބުން ގެއްލުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ހަމަލާތަކަކީ އީރާނުގެ އާންމު ރައްޔިތުންނާއި ސިއްހީ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށްދެވޭ ހަމަލާތަކެއްގެ ގޮތުގައި އީރާނުން ސިފަކުރެ އެވެ.
ރައީސް އޮފީހުގެ އިސް މަގާމަކަށް އާޒިމާ
"ސްޕައިޑަ މޭން: ދަ ބްރޭންޑް ނިއު ޑޭ" 2 ބިލިއަން ޑޮލަރު ކްލަބަށް!
ބިންތައް އަތުލާނަމަ ތި ފައްކާކުރައްވަނީ ބަގާވާތެއް: ނަޝީދު