އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށާއި ސައުދީ އަރަބިއްޔާގެ އަލް-ޚަރްޖްގައި ހުންނަ އެމެރިކާގެ ޕްރިންސް ސުލްތާން އެއާ ބޭސްއަށް ޒަމާނީ ބެލިސްޓިކް މިސައިލް ބޭނުންކޮށް ވަރުގަދަ ހަމަލާތަކެއް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ދީފި އެވެ.
އައިއާރުޖީސީން އާދީއްތަ ދުވަހުގެ ރޭ ނެރުނު ރަސްމީ ބަޔާނުގައި ބުނެފައިވާ ގޮތުގައި "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4" ގެ ދަށުން ކުރިއަށް ގެންދިޔަ މި ހަމަލާތަކަކީ އަވަހާރަކޮށްލާފައިވާ އައިއާރުޖީސީގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް އަލީ މުހައްމަދު ނައީނީ އާއި އިންޓެލިޖެންސް މިނިސްޓަރު ހުއްޖަތުލްއިސްލާމް އިސްމާއީލް ޚަތީބް ފަދަ ބޭފުޅުންގެ ހަނދާނުގައި ދިން ހަމަލާތަކެކެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އަލަށް ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުތަކަށާއި ސިފައިން ފިލައިގެން ތިބި ތަންތަނަށް ކަމަށް އެ ބަޔާނުގައިވެ އެވެ.
އައިއާރުޖީސީން ބުނީ އިޒްރޭލާއި އެމެރިކާގެ ފައުޖުތަކުގެ ހުރިހާ ހަރަކާތްތަކެއް އެ ޖަމާއަތުގެ އިންޓެލިޖެންސް ނިޒާމުގެ ދަށުން މެދުނުކެނޑި ބަލަމުންދާ ކަމަށެވެ. އަރާދު ފަދަ އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި ސިފައިން ފޮރުވިގެން ތިބި ނަމަވެސް އެމީހުންނަށް ރައްކާތެރިކަމެއް ނުލިބޭނެ ކަމަށް ވެސް ބުންޏެވެ.
އެމެރިކާއާއި އިޒްރޭލުން ގުޅިގެން އީރާނާ ދެކޮޅަށް ހަމަލާތައް ފަށާފައިވަނީ ފެބްރުއަރީ 28 ގައި އީރާނުގެ އިސް އޮފިޝަލުންނާއި ކޮމާންޑަރުން އަވަހާރަކޮށްލުމަށް ދިން ވައިގެ ހަމަލާތަކާ އެކުގައި ކަމަށް އައިއާރުޖީސީން ބުންޏެވެ. އެ ހަމަލާތަކުގެ ރައްދުގައި އީރާނުގެ ހަތިޔާރު އެޅި ފައުޖުތަކުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އިޒްރޭލުން ހިފާފައިވާ ބިންތަކަށާއި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދަނީ ދެމުންނެވެ.
ގައުމީ އިނާމަށް ނަން ހުށަހެޅުން ބުދަ ދުވަހު ހުޅުވާލަނީ
އެމެރިކާގެ ޖެޓްތަކަށް ތެޔޮ އަޅަން ކާޑެއްދޫއަށް ޖައްސަނީ؟
ރަންވީރުގެ "ދުރަންދަރް 2"އަށް ރެކޯޑް ކާމިޔާބީއެއް!