އަރަބި ގަލްފް ސަރަހައްދާއި އޮމާންގެ ކަނޑުގެ ސަރަހައްދުތަކުގެ ފުރިހަމަ ކޮންޓްރޯލް އީރާނުން ދަމަހައްޓަމުންދާ ކަމަށާއި، ހޮރްމޫޒް ކަނޑުއޮޅި ބެލެހެއްޓުމުގެ މަސައްކަތް އެ ގައުމުން ކުރިއަށް ގެންދަނީ ވަރަށް ވަރުގަދަ އަޒުމަކާއެކު ކަމަށް އީރާނުގެ ސީލް އޮފް ދަ ޕްރޮފެޓްސްގެ މަރުކަޒީ ހެޑްކުއާޓަރުން ބުނެފި އެވެ.
އީރާނުގެ އަސްކަރީ އިސް ފަރާތްތަކުން ބުނި ގޮތުގައި އެ ގައުމުގެ އަސްކަރީ ގާބިލުކަން ހުރި މިންވަރުން ކަނޑުގެ ސަރަހައްދުގައި މައިން ވަޅުލުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އަދި ލިބިފައިވާ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމުގެ ޔަގީންކަން ވެސް އެ ފަރާތުން ވަނީ ދީފަ އެވެ.
މީގެ އިތުރުން، ސަރަހައްދީ ބައިވެރިންނާ ގުޅިގެން އެމެރިކާ އާއި އިޒްރޭލުގެ ނުރައްކާތަކުން އަރަބި ގަލްފް ސަލާމަތް ކުރުމުގެ ގާބިލުކަން އީރާނުގެ ހަތިޔާރު އެޅި ބާރުތަކަށް ލިބިގެންވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ބޭރުގެ ބާރުތަކަށް މި ސަރަހައްދުގެ ކަންކަމުގެ ތެރެއަށް ވަދެގަތުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށް ވެސް އީރާނުން ބުނެފައިވެ އެވެ.
މި ހާމަކުރުމަކީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، ބައިނަލްއަގުވާމީ ވިޔަފާރީގެ މުހިންމު މަގުތައް ބެލެހެއްޓުމުގެ ބާރު އޮތީ އީރާނުގެ އަތްމަތީގައިކަން ހާމަކުރުމުގެ ގޮތުން ދީފައިވާ އިންޒާރެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.
އީރާނުގެ ނިއުކްލިއާ 2 ސައިންޓިސްޓުން އަވަހާރަކޮށްލައިފި
ތުންފަތް ފަޅައިގެންދަނީ މިހެންވެ ކަމަށް ވެދާނެ!
ބޮލީވުޑް: 90ގެ އަހަރުތަކުގައި އެންމެ އަގުބޮޑު ތަރިން!