އީރާނުން ލުބުނާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ރިޒާ ޝިބާނީ އަކީ ލުބުނާނަށް ބަލައިގަނެވޭނެ ބޭފުޅެއް ނޫން (ޕާސޯނާ ނޮން ގްރާޓާ) ކަމަށް އެ ގައުމުގެ ސަރުކާރުން ކަނޑައަޅައިފި އެވެ.
ލުބުނާނު ސަރުކާރުން ވަނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް އެ ގައުމުން ބޭރުވުމަށް ސަފީރު ޝިބާނީއަށް މުހުލަތެއް ދީފަ އެވެ. މިއީ ސަރަހައްދީ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި ލުބުނާނުން ނިންމި ނިންމުމެކެވެ.
މިދިޔަ ހަފުތާގެ ތެރޭގައި އީރާނުގެ ޑިޕްލޮމެޓުން ގައުމުން ބޭރުކޮށްލި އަރަބި ގައުމުތަކުގެ އަދަދު މިހާރު ވަނީ ހަތަރަކަށް އަރާފަ އެވެ. ލުބުނާނުގެ ކުރިން ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ގަތަރުން ވެސް ވަނީ އީރާނުގެ ޑިޕްލޮމެޓުން ބޭރުކޮށްލާފަ އެވެ.
މި ނިންމުމާ ގުޅިގެން އީރާނާއި އަރަބި ގައުމުތަކުގެ މެދުގައި އޮތް ހާރިޖީ ގުޅުންތަކަށް އިތުރު ބުރޫތަކެއް އަރާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އީރާނު ސަރުކާރުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.
"ސްޕައިޑަ މޭން: ދަ ބްރޭންޑް ނިއު ޑޭ" 2 ބިލިއަން ޑޮލަރު ކްލަބަށް!
ރައީސް އޮފީހުގެ އިސް މަގާމަކަށް އާޒިމާ
ގޭގައި ދަތްތައް ހުދު ކުރާނެ ގޮތް މާހިރުން ބުނެދީފި