ގޭގައި އޮކްސިޖަން ހެދުމަށް މަސައްކަތް ކުރުމަކީ އޭގެ ސަބަބުން ނުރައްކާތެރި ހާދިސާތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް އިންޑިއާގެ ޑޮކްޓަރުންނާއި ސައިންސްވެރިން އިންޒާރު ދީފި އެވެ.
މި އިންޒާރު ދީފައި މި ވަނީ އިންޑިއާގެ ކޮވިޑްގެ ހާލަތު ގޯސްވެ ހޮސްޕިޓަލުތަކުން އޮކްސިޖަން ހުސްވާން ކައިރިވެފައި ވަނިކޮށެވެ. މި ދަނޑިވަޅުގައި އެ ގައުމުގެ އިންޓަނެޓް ރެކޯޑުތަކުން އޮކްސިޖަން ގޭގައި ހަދާގޮތް ގޫގުލް އިން ހޯދަފައިވާ މިންވަރު އިތުރުވެފައިވާއިރު ޔޫޓިއުބްގައި ހުރި އެފަދަ ވީޑިއޯތަކަށް ހާހުން ވިއުސް ވަނީ ލިބިފަ އެވެ.
ތަމިލްނާޑޫގެ އިންޑިއަން މެޑިކަލް އެސޯސިއޭޝްންގެ ސަކްޓެރަރީ ވިދާޅުވީ ގޭގައި އޮކްސިޖަން ހަދަން މަސައްކަތް ކޮށްފި ނަމަ ވިހަ ގޭސްތައް އުފެދުމާއި ނުރައްކާތެރި ގޮވުންތައް ގޮވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ސިއްހީ ދާއިރާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މިފަދަ އުކުޅުތަކަކީ ސައިންސްގެ ގޮތުން ޔަގީން ނުވާ ވަގުތުން ސިއްހީ ފަރުވާ ނުލިބިއްޖެނަމަ ފުރާނައަށް ނުރައްކާވާ ފަދަ ކަންކަމެވެ
އިންޑިއާގެ ހޮސްޕިޓަލުތައް އޮކްސިޖަން އަށް ޖެހިފައިވާއިރު އެ ގައުމުގައި ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑް ކޭސްތައް އަދިވެސް ދަނީ ދުވަހަކަށްވުރެ ދުވަހެއް މައްޗަށެވެ.
"ގަދަ" ކަސްރަތުން 8 ބައްޔަކުން ރައްކާތެރި ކޮށްދޭ!
"ބޫތު ބަންގްލާ": ހެއްވާ މަޖާ އަދި ބިރުވެރި މަސްހުނިގަނޑެއް!
ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު %33 މަދުކުރަން އަންގައިފި
މަހާރަސްތްރާ އަށް ކޮވިޑްގެ 3 ވަނަ ރާޅެއްގެ ބިރު!
އިންޑިއާގެ ހާލަތު އިތުރަށް ގޯސްވުން އެކަށީގެންވޭ
އިންޑިއާގެ ހާލަތު ގޯސްވެ ގޮންޖެހުންތައް ގިނަވަނީ
އިސްލާހުވެ އަސްލަމް ވީމަ ހައްލުވީ