އިޒްރޭލުގެ އަސްކަރިއްޔާއިން ފަލަސްތީން އާއި ލުބުނާނުގެ މުސްލިމް އަޚުންނާއި އުޚުތުން ގަތުލުކުރަމުން ގެންދާއިރު، ދެން ކެތެއް ނުކުރެވޭނެ ކަމަށާއި، އެކަމުގެ ބަދަލު ހިތިކޮށް އިޒްރޭލަށާއި އެމީހުންގެ ބައިވެރިންގެ ކިބައިން ހިފަން ތައްޔާރުވެއްޖެ ކަމަށް ބުނެ އީރާނުން ވަރުގަދަ އިންޒާރެއް ދީފި އެވެ.
އީރާނުން ބުނީ ފަލަސްތީނާއި ލުބުނާނުގައި އިޒްރޭލާއި އެމެރިކާއިން ދެމުން ގެންދާ އުދުވާނީ ހަމަލާތަކުގެ ޖަރީމާތައް ކުށްވެރިކޮށް، އެ އަމަލުތައް ވަގުތުން ހުއްޓާނުލައިފިނަމަ ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ ހަރުކަށި އިންޒާރު ދޭ ކަމަށެވެ.
އައިއާރުޖީސީގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިޒްރޭލުގެ "ކުޑަކުދިން މަރާ އަސްކަރިއްޔާ" އިން މިހާރު ހުރިހާ ރަތް ރޮނގުތަކެއް ހުރަސްކޮށްފައިވާ ކަމަށެވެ. އަދި ސަރަހައްދީ ހަނގުރާމައިގެ މާހައުލާއި މީޑިއާގެ ސަމާލުކަން އީރާނަށް އަމާޒުވެފައިވާ ދަނޑިވަޅުގެ ނާޖާއިޒު ފައިދާ ނަގައިގެން އިޒްރޭލުން ޖަރީމާތައް ހިންގަމުންދާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އައިއާރުޖީސީން ބުނި ގޮތުގައި ލުބުނާނާއި ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުތަކަކީ ދެން އިތުރަށް ކެތް ކުރެވޭނެ ކަން ކަމެއް ނޫނެވެ. އަދި މި ޖަރީމާތައް ކުރިއަށްދާ ނަމަ، އީރާނުން ވަރަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.
"އިޒްރޭލުގެ ނުލަފާ އަސްކަރިއްޔާއިން ލުބުނާނާއި ފަލަސްތީނުގެ އާންމުންނަށް ދެމުންދާ ހަމަލާތައް ކުރިއަށް ގެންދާނަމަ، އީރާނުން ދޭނީ ބިރުވެރި އަދި ވަރުގަދަ ރައްދެއް،" އައިއާރުޖީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ އުތުރު ސަރަހައްދުތަކާއި ގާޒާ ބެލްޓްގައި ހުރި އިޒްރޭލް ސިފައިން ޖަމާވެފައިވާ ތަންތަނަށް އަމާޒުކޮށް ހަމަލާދޭނެ ކަމަށެވެ. އަދި އެއްވެސް ބެލުމެއް ނެތި، އީރާނުގެ މިސައިލާއި ޑްރޯންތަކުން އެ ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ވެސް އައިއާރުޖީސީން ވަނީ ބުނެފަ އެވެ.
ދިރާގުގެ ރަން ކާށި ބިނދެގެން އަގުހުރި އިނާމުތަކެއް!
"ފްރެންޑްސް"ގެ ސެޓުން ޖެނިފާ ގެންދިޔައީ ކޮން އެއްޗެއް؟
ރޮރާންޑޯ އާއި މެސީ ވޯލްޑް ކަޕްގައި ބައްދަލު ކުރާނެތަ؟
ފަލަސްތީނުގެ ކުޑަކުދިންނާއި އެންމެން މަރާ ހުސްކުރި އިރުވެސް އީރާން އޮތީ ނިދާފަ އީރާނަށް ޙަމަލޢެއް ދިނީނަ އީރާން ތެޅިގަތީ ފަލަސްތީނުގެ މީހުންގެ ޙައްގުގަ އީރާނުން ބަހެއް ބުނުން ފިޔަވާ އެހެން ކަމެއް ނުކުރޭ ޙުމޭނީ އަވަހާރަ ކޮއްލުމުން ދެން ތެޅިގަތީ
ރިޕްލައި