ރ. އަލިފުށީ ގެއެއްގައި މިއަދު މެންދުރު ރޯވެ، އެ ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
މި ހާދިސާގައި ރޯވެ ގެއްލުން ލިބުނީ އެ ރަށު އައިރިސްގޭ ގަ އެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ނައިފަރު ފަޔާ ސްޓޭޝަނުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ހިއްސާކުރި ވީޑިއޯއިން އެ ގޭގައި އަލިފާން ރޯވެ ބޯ ދުން އަރަމުންދާ ތަން ފެނެ އެވެ. ނަމަވެސް މިހާރު އެ އަލިފާންގަނޑު އާއްމުން ނުކުމެ ވަނީ ކޮންޓްރޯލްކޮށްފަ އެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ކަމާ ބެހޭ ފަރާތްތަކުން ހާމައެއް ނުކުރެ އެވެ.
އެ ރަށުން ވާހަކަދެއްކި މީހަކު މި ހާދިސާގައި އެގެ އަލުން ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައިވާ ކަމަށެވެ.
"އެ ގޭގެ ގިނަ ފާރުތައް ވެސް ވަނީ ވެއްޓިފައި. ރޯވީ ކީއްވެގެން ކަމެއް ނޭނގެ،" އެ މީހާ ބުންޏެވެ.
ރޭގެ ވަގުތެއްގައި ގއ. ވިލިނގިލީގައި ހުންނަ ތައުލީމީ މަރުކަޒުގައި ވެސް ވަނީ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފަ އެވެ.
މިއޮތީ ރުޅި މަޑު ކުރަން ޖަޕާނުގެ އުކުޅެއް!
ކާބޯތަކެތީގެ އަގުތައް އުފުލެމުންދާ ކަމުގެ އިންޒާރު އދ އިން ދީފި
ސަލްމާންގެ "ސެކިއުރިޓީ"އާ މެދު ކަންބޮޑުވުންތަކެއް!