އީރާނުގެ މެދުތެރޭގެ ސަރަހައްދަކުން އެމެރިކާގެ ހަނގުރާމަމަތީ ބޯޓެއް ވައްޓާލުމާ ގުޅިގެން، އޭގައި ތިބި ސިފައިން ހޯދުމުގެ މަސައްކަތް އެމެރިކާގެ އަސްކަރިއްޔާއިން ފަށާފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ނަން ހާމަނުކުރާ އެމެރިކާގެ އޮފިޝަލުންތަކެއް ވަނީ މިކަން ރޮއިޓާސް ނިއުސް އެޖެންސީއަށް ކަށަވަރުކޮށްދީފަ އެވެ.
އީރާނުގެ މެހެރް ނިއުސް އެޖެންސީން ރިޕޯޓްކުރާ ގޮތުގައި، ގެއްލުނު ސިފައިން ހޯދުމުގެ މަސައްކަތުގައި އުޅުނު އެމެރިކާގެ ހެލިކޮޕްޓަރަކަށް ވެސް ހަމަލާއެއް ވަނީ އަމާޒުވެފަ އެވެ.
ވައްޓާލީ ކޮން މަރުކާއެއްގެ ބޯޓެއްކަމާމެދު ތަފާތު މައުލޫމާތުތައް ދަނީ ލިބެމުންނެވެ. އީރާނުގެ ރިޕޯޓްތައް ބުނާ ގޮތުގައި އެއީ އެފް-35 މަރުކާގެ ބޯޓެކެވެ. ނަމަވެސް އެމެރިކާގެ މަސްދަރުތަކުން ބުނަނީ އެއީ އެފް-15 މަރުކާގެ ބޯޓެއް ކަމަށެވެ.
ކޮހްގިލުޔޭ އަދި ބޯޔަރް-އަހްމަދު ޕްރޮވިންސްގެ ގަވަރުނަރު ވިދާޅުވީ، ބޯޓުގައި ތިބި މީހުން އަތުލައިގަންނަ ނުވަތަ މަރާލާ ކޮންމެ މީހަކަށް ހާއްސަ އީނާމެއް ދެވޭނެ ކަމަށެވެ. މީގެ އިތުރުން، ބޯޓުން ދަތުރުކުރި ސިފައިން ތިބި ތަނެއް ހޯދައިދޭ މީހަކަށް ބޮޑު އިނާމެއް ދޭނެ ކަމަށް ވެސް އީރާނުގެ މީޑިއާތަކުން ބުނެ އެވެ.
އެމެރިކާގެ ސީ.ބީ.އެސް ނިއުސްއިން ނަން ހާމަނުކުރާ އޮފިޝަލުންނާ ހަވާލާދީ ދެންމެ ރިޕޯޓްކޮށްފައިވާ ގޮތުގައި، ބޯޓުގެ ފަޅުވެރިންގެ ތެރެއިން އެކަކު މިހާރު ވަނީ ސަލާމަތް ކުރެވިފަ އެވެ.
އެމެރިކާގެ އެޓާނީ ޖެނެރަލްގެ މަގާމުން ވަކިކޮށްފި
ހަނގުރާމައިގެ ބޭނުމަށް އޮސްޓްރިއާގެ ވައިގެ ސަރަހައްދު ނުދިން
ޓީޓީގެ މުއާމަލާތްތަކަށް ޑޮލަރު ފޯރުކޮށްދިނުމުގައި ކުރިއެރުމެއް