ވ. ފުލިދޫގައި މޫދަށް އެރި އުޅެނިކޮށް އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތްކުރުމަށްފަހު، އެ ކުދިންގެ ބައްޕަ ހާލު ދެރަވެ ނިޔާވެއްޖެ އެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 63 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިއަދު މެންދުރުފަހު 3:10 ހާއިރު އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ މީހާ ނިޔާވީ މޫދަށް އެރި އުޅުމުގެ ތެރޭގައި އޮޔާދިޔަ އޭނާގެ ދެ ދަރިން ސަލާމަތްކުރުމަށްފަހު، ހާލު ދެރަވެގެން ފުލިދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
އޮޔާދިޔަ ދެ ކުދިންގެ ހާލު މިހާރު ރަނގަޅުކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.
އީރާނަށް ވާގިވެރިވާނަމަ އޮމާން ގޮއްވާލާނެ ކަމަށް ޓްރަމްޕް ބުނެފި
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން 4 ފިޔަވަޅެއް!
މާލޭގެ ގެއެއްގައި ރޯވެ އަނިޔާވި ހަތަރު މީހަކަށް ފަރުވާދެނީ