މިއަދު ބޭއްވި އިންތިހާބުގައި ވޯޓުލީ މީހުންގެ ނިސްބަތް 70 އިންސައްތައަށް އަރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ލަފާކޮށްފި އެވެ.

އެ ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ މިއަދު ހަވީރު 4 ޖެހުމާ ހަމައަށް ވޯޓުލީ މީހުންގެ ނިސްބަތް 63 އިންސައްތާގައި ހުރި ކަމަށެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ހަސަން ވިދާޅުވީ މީގެ ކުރިން ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުތަކުގައި އާންމުކޮށް ވޯޓުލާން ނުކުންނަނީ %60 އާއި %65 އާ ދެމެދުގެ އަދަދެއްގެ މީހުން ކަމަށެވެ. ނަމަވެސް މިފަހަރު ވޯޓުލާ މީހުންގެ އަދަދު %70 އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގައި ހުރި ފޮއްޓަކަށް ވޯޓު ލާން މިއަދު ހަވީރު މީހުން ކިޔޫ ހަދައިގެން. -- ފޮޓޯ | ހުރިހާ

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 294،876 މީހުންނަށް ލިބިގެންވާއިރު. މިއަދު 4 ޖެހުމާ ހަމައަށް 109،167 މީހުން ވޯޓު ނުލާކަމަށް އިލެކްޝަންސް ކޮމިޝަނުން އާއްމުކުރި ހިސާބުތަކުން ދައްކަ އެވެ. އެއީ ޖުމްލަ ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ 37.02 ޕަސެންޓް މީހުނެވެ.