މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ރިޝްވާން އެ ކުންފުނީގެ މުވައްޒަފުންތަކަކާ ޒުވާބުކުރާ އޯޑިއޯއެއް ލީކްވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ އޯޑިއޯއިން އެނގޭގޮތުގައި ރިޝްވާން ޒުވާބުކުރަނީ އެމްޕީއެލްގެ މުވައްޒަފުންތަކަކާ އެވެ.
އޭނާ ބުނާގޮތަކަށް ނަހަދާ މީހަކަށް އެމްޕީއެލްގައި ނުހުރެވޭނެ ކަމަށް ރިޝްވާން ބުނާއަޑު އެ އޯޑިއޯއިން އިވެ އެވެ.
އެނގިފައިވާ ގޮތުގައި މިކަމާ ގުޅިގެން ސަރުކާރުން ވަނީ އިސްތިއުފާދެއްވުމަށް އޭނާއަށް އަންގާފަ އެވެ.
ރިޝްވާނަކީ އެމްޕީއެލްއަށް މި ސަރުކާރުން އައްޔަންކުރި ދެވަނަ އެމްޑީ އެވެ.
ރިޝްވާން އެމްޕީއެލްގެ އެމްޑީކަމަށް އައްޔަންކުރީ ފެބްރުއަރީ 2025، ގަ އެވެ.
ޑެޕިޔުޓީ ޕޮލިސް ކޮމިޝަނަރުކަން ވެސް ކުރެއްވި ރިޝްވާން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯގެ މަގާމު އަދާ ކުރައްވާފަ އެވެ.
ތާރީހު ނުދެކޭ ފަދަ ބޮޑު ހަނގުރާމައަކަށް ދުނިޔެ މިސްރާބު ޖަހަނީ
ސަލްމާ އާއި މުންދު މަގާމުން ވަކިކޮށްފި
އައިވީއެފް ބޭބީގެ ތަފާތެއް ހުރޭތަ؟
