އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު ރިޝްވާން އެ މަގާމުން މިރޭ އިސްތިއުފާ ދެއްވައިފި އެވެ.
ޕީސީބީން ބުނީ، ރިޝްވާން މިރޭ އިސްތިއުފާ ހުށަހެޅުއްވުމާ އެކު، އޭނާގެ އިސްތިއުފާ އެ ބޯޑުން ގަބޫލު ކޮށްފައިވާ ކަަމަށެވެ.
ރިޝްވާން އެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ފެބްރެއަރީ މަހުގެ ތިން ވަނަ ދުވަހު އެވެ.
އިސްތިއުފާ ދެއްވުމަށް ރައީސް މުހައްމަދު މުއިއްޒުގެ މިރޭ ވަނީ އޭނާއަށް އަންގަވާފަ އެވެ.
ރިޝްވާނަކީ މި ސަރުކާރުގައި އެ ކުންފުންޏަށް އައްޔަންކުރި ދެވަނަ މެނޭޖިން ޑިރެކްޓަރެވެ. މި ސަރުކާރުގައި އެ ކުންފުންޏަށް ފުރަތަމަ އައްޔަންކުރި މެނޭޖިން ޑިރެކްޓަރަކީ މުހައްމަދު ވަޖީހް އިބްރާހީމެވެ.
ކައުންސިލް އިންތިހާބުން ލިބުނު ބޮޑު ނާކާމިޔާބީއާއެކު މިހާތަނަށް ވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އާއި އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)ގެ މެނޭޖިން ޑިރެކްޓަރު ހުސައިންދީދީ އާއި އެޗްޑީސީގެ ޑީއެމްޑީ މުހައްމަދު އަސްބާހު މަގާމުން ވަކިކޮށްގަ އެވެ.
މީގެ އިތުރުން ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ޖެނީވާގައި އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވެސް މިއަދު ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ވަކިކޮށްފި
ކޮފީއަކުން ސިއްހަތަށް ގިނަ ފައިދާތަކެއް!
ގައުުމުގެ ކަންކަން ރަނގަޅު ކުރަން މިހާރު އުނދަގޫވާނެ: ޣަފޫރު
