އީރާނާއި އެމެރިކާއާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވިކަން އިޢުލާން ކުރުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަރަށް ބޮޑަށް ދަށަށް ގޮސް، ހިއްސާގެ ބާޒާރުތަކަށް ދިރުން ލިބިއްޖެ އެވެ. މި ނިންމުމާއެކު ބައިނަލްއަގުވާމީ މާލީ ބާޒާރުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ޚަބަރާއެކު އެމެރިކާގެ ކްރޫޑް ފިއުޗާސްގެ އަގު 16 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު 94.59 ޑޮލަރަށް ވަނީ ތިރިވެފަ އެވެ. އަދި ބްރެންޓް ފިއުޗާސްގެ އަގު 15 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު ވަނީ 92.35 ޑޮލަރަށް ތިރިވެފަ އެވެ.
އިކޮނޮމިސްޓް އިންޓެލިޖެންސް ޔުނިޓްގެ އެލެކްސް ހޯމްސް އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ބާޒާރުތަކަށް ހެޔޮ ބަދަލެއް އައި ނަމަވެސް، މި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމިއޮންނާނެ ކަމާމެދު އަދި މުޅިން ޔަގީންކަމެއް ނެތް ކަމަށެވެ.
"އިޒްރޭލާއި، އީރާނާއި އަދި އެހެނިހެން ފަރާތްތަކުން މި އެއްބަސްވުމަށް އަމަލުކުރާ މިންވަރަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ،" ހޯމްސް ވިދާޅުވި އެވެ.
ހޯމްސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މަޝްވަރާތަކުގައި އަދިވެސް ހައްލުކުރަންޖެހޭ ބޮޑެތި ކަންތައްތަކެއް އެބަހުއްޓެވެ. އެހެންކަމުން ބާޒާރުތައް އަދިވެސް އޮތީ "މަޑުކޮށްގެން ބަލަން" ޖެހޭ ފަދަ ހާލަތެއްގަ އެވެ. އަދި ތެލުގެ އަގު މިހާރު ދަށަށް ދިޔަ ނަމަވެސް، ފެބްރުއަރީ މަހުގެ ފަހުކޮޅާ އަޅާބަލާއިރު އަދިވެސް އަގުތައް ހުރީ މަތީގައިކަން އޭނާ ފާހަގަކުރެއްވި އެވެ.
އޭޝިއާގެ ބާޒާރުތަކަށް ބަލާއިރު، ޖަޕާނުގެ ނިކޭ އިންޑެކްސް 5 އިންސައްތަ މައްޗަށް ގޮސްފައިވާއިރު، ދެކުނު ކޮރެއާގެ ކޮސްޕީ އިންޑެކްސް ވަނީ 6 އިންސައްތަ މައްޗަށް ގޮސްފަ އެވެ. މި ބޮޑު ކުރިއެރުމާ ގުޅިގެން ބައެއް ބާޒާރުތަކުގައި ވިޔަފާރި ކުރުން ވަގުތީ ގޮތުން މެދުކަނޑާލަން ވެސް ޖެހުނެވެ.
"އިނގިލި ޖަހާފައި ގޭގައި" ތިބޭ މުވައްޒަފުން ވަކިކުރަނީ
މާލޭ ޓެކްސީ އެޕްގެ ކޮރަޕްޝަން މައްސަލަ މަޖިލީހަށް
ފިނި ކޮށްގެން ފެން ބުއިމަކީ އެންމެ ސަޅި ގޮތެއް ނޫން!