ޖެނީވާގައި އދ. ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުގެ މަގާމު އަލުން އިޔާދަކޮށްފި އެވެ.

ސަލްމާއަކީ މާފަންނު މެދު ދާއިރާގެ މަޖިލިސް މެންބަރު އަސްމާ ރަޝީދުގެ ދައްތަ އެވެ. ސަލްމާ މަގާމުން ވަކިކުރީ ރައީސް މުހައްމަދު މުއިއްޒާ ދެކޮޅަށް އަސްމާ ވާހަކަދައްކަވާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ.

ސަލްމާގެ އިތުރުން އަސްމާގެ ދަރިކަލުން، ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވެސް މިދިޔަ ހޯމަ ދުވަހު މަގާމުން ވަކިކުރި އެވެ.ނަމަވެސް، އެނގިފައިވާ ގޮތުގައި އަސްމާގެ އެއްބަނޑުއެއްބަފާ ދައްތަ، ސަލްމާގެ މަގާމު ވަނީ އިއްޔެ އަލުން އިޔާދަކޮށްފަ އެވެ. މުންދުގެ މަގާމު އަދި އިޔާދަކޮށްފައެއްނުވެ އެވެ.

އެނގިފައިވާގޮތުގައި ރައީސް މުއިއްޒު ވަނީ ސަލްމާގެ މަގާމު އިޔާދަކޮށްދެއްވާފަ އެވެ. މަގާމު އިޔާދަކުރެއްވީ ކީއްވެ ކަމެއް އަދި ސާފެއްނުވެ އެވެ.

ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަސްމާގެ ދަރިކަލުން އާމިނަތު ހުސައިން ޝަރީފް މަގާމުން ވަކިކުރި ކަމުގެ އަޑުތަކެއް ފެތުރުނަސް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ އެކަން ދޮގުކުރައްވާފަ އެވެ.