މާލެ އިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓުން ގެއްލުނު ދިވެހި މީހާ ޕެލެޓެއްގެ މަތީގައި އޮޔާދަނިކޮށް ސަލާމަތްކޮށްފި އެވެ.
އުދަރެސް ބޯޓް އަޑިއަށް ދިޔައީ ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައިގެންނެވެ. އެ އުޅަނދުގައި 13 މީހަކު ދަތުުރުކުރިއިރު އޭގެ ތެރެއިން ދިވެއްސަކު ގެއްލުނީ ރޭގެ ވަގުތެއްގަ އެވެ.
އެމްއެންޑީއެފް އިން ބުނީ ގެއްލިގެން ހޯދަމުން ދިޔަ އިސްމާއިލް އަފީފު ފެނިފައިވާ ކަމަށާއި އެ މީހާ ފެނުނީ ކަނޑުމަތިން ކަމަށެވެ.
ފުލުހުން ބުނީ އެމީހާ ފެނުނީ އޮޔާދިޔަ ޕެލެޓެއްގެ މަތީގައި އޮއްވާ އެ ސަރަހައްދުން ދަތުރުކުރި ސަޕްލައި ދޯންޏަކަށް ކަމަށެވެ. އަދި އެ މީހާއަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ހާދިސާ ހިނގިއިރު ބޯޓުގައި ތިބި 13 މީހުންގެ ތެރެއިން ބިދޭސީއަކު ވަނީ ފަތާފައި ގޮސް އޮޅުވެއްޔަށް އަރައިފަ އެވެ. އަދި ބާކީ ތިބި 11 މީހަކު އެ ރިސޯޓުގެ ދޯންޏަކަށް ނެގި ކަމަށް ފުލުހުން ބުންޏެވެ.
ދުވާލަކު ބޮވޭ ކޮފީގެ އަދަދުން ސިއްހަތަށް އަސަރެއް ކުރޭތަ؟
ޑިޑީގެ "ވައިޓް ޕާޓީ"ތަކަށް ނަޒަރެއް

އަލްޙަމްދުލިﷲ
ރިޕްލައި