އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ފެށި ހަނގުރާމައާ ގުޅިގެން ދަތުރުތައް މެދުކަނޑާލި ގަތަރު އެއާވޭސް އިން ރާއްޖެއަށް އަލުން ދަތުރުތައް ފަށައިފި އެވެ.
ގަތަރު އެއާވޭސް އިން މިއަދު ދަތުރުތައް އަލުން ފެށިއިރު، މިވަގުތު ކުރާނީ ދުވާލަކު އެއް ދަތުރެވެ.
އެ އެއާލައިނަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ގެންނަ އެއް އެއާލައިނެވެ. ގަތަރު އެއާވޭސް އިން ރާއްޖެއަށް ދަތުރުތައް ފެށުމާއެކު، މެދުއިރުމައްޗާއި ޔޫރަޕް އަދި އެމެރިކާ ފަދަ ގައުމުތަކަށް ދަތުރުކުރާ ފަރާތްތަކަށް ކަނެކްޓިވިޓީ އިތުރަށް ފުޅާވެގެންދާނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ.
ގަތަރު އެއާވޭސް އިން ބުނީ އަންނަ ޖޫން މަހުގެ 15ގެ ނިޔަލަށް ދަތުރު ކުރުމަށް ޓިކެޓް ނަގާފައި ހުރި ފަސިންޖަރުންނަށް ފަސޭހައިން ދުވަސް ބަދަލު ކުރެވޭނެ ކަމަށެވެ.
މި ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ތާރިގު އިބްރާހީމް ވިދާޅުވީ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވެފައިވީ ނަމަވެސް، ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ ސީޓް ކެޕޭސިޓީ އާއި ސީޓް އޮކިއުޕެންސީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި ދުވާލެއްގެ މައްޗަށް ކެންސަލްވާ ފްލައިޓުގެ އަދަދު ވެސް މިހާރު 20 އިން 16 އަށް ދަށްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނާޒުކު ލޮލުގެ ސިއްހަތަށް ސަމާލުވޭ!
އިޒްރޭލުން ހަމަލާތައް ދެމުންދާއިރު މަޝްވަރާތަކުގެ ބޭނުމެއް ނެތް!
ރައްޔިތުން މި ހުދުމުހުތާރު ވެރިކަން ނިންމާނެ: އައްބާސް