އެމްވީ ޓައިމްސްގެ ނަމުގައި ހިންގަމުން އައި ނޫސް އުވާލައިފި އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝުން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ ނޫހާއި އެ ނޫޙުގެ ވެބްސައިޓް އުވާލުމަށް އެދި އެ ނޫހުގެ މަސްއޫލުވެރިޔާ މިދިޔަ މާޗް މަހުގެ 29 ވަނަ ދުވަހު އެދިފައިވާ ކަމަށެވެ.
އެހެންކަމުން އެ ނޫހުގެ ރަޖިސްޓްރީ މިއަދުން ފެށިގެން އުވާލާފައިވާ ކަމަށް އެ ކޮމިޝަނުގެ އިއުލާނުގައިވެއެވެ.
އެ ނޫސް އުވާލާފައިވާތީ އެ ނޫހުގައި އެއްވެސް ހަބަރެއް ނުވަތަ މައުލޫމާތެއް ފެތުރުމަކީ ގާނޫނީގޮތުން މަނާކަމެއް ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.
މިއީ އެ ކޮމިޝަނުން އުވާލި ފުރަތަމަ ނޫހެވެ.
ބިގް ބޭންގް ތިއަރީއަކީ ހިތި ތަޖުރިބާއެއް ކަމަށް ޖިމް ބުނީ ކީއްވެ؟
ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމައެއް ނުކުރި!
ކޮލަމްބިއާއަށް ބާރުގަދަ ބިންހެލުމެއް، 100 އަށްވުރެ ގިނަ މަރު
