މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅުމުގެ އިތުރުން ޖުވާކުޅުން ފަދަ ގާނޫނާ ހިލާފު ކުށްތަކެއް ހިންގަމުންދިޔަ ކަމުގެ ތުހުމަތުގައި ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މީހުން އަތުލައިގަނެފައި ވަނީ ބިދޭސީންތަކެއް ގުޅިގެން މިފަދަ ކަންކަން ހިންގާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. އިއްޔެ ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ވަނީ މާލޭގައި މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފަ އެވެ.
މި އޮޕަރޭޝަނުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ޖުމްލަ 38 ފިރިހެނުންނެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ބިދޭސީންނާމެދު އަމަލުކުރާނެ ގޮތަކާ ގުޅޭގޮތުން މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ، ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނުގެ ދަށުން އެމީހުން ޑީޕޯޓްކުރުމަށްޓަކައި، މިހާރު މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ކާތިކްގެ "ނާގްޒިލާ" ފަސްކޮށްފި
އެމެރިކާ އާއި އީރާނުގެ މަޝްވަރާތައް ބާއްވާނެ ތާރީހެއް ކަނޑަނާޅާ
"ބޫތު ބަންގްލާ": ހެއްވާ މަޖާ އަދި ބިރުވެރި މަސްހުނިގަނޑެއް!
