އިދިކޮޅު ބައެއް ސިޔާސީ ޕާޓީތަކުން މާލޭގެ މަގުތަކުގައި މިދުވަސްވަރު ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން ރޭ ބޭއްވި މުޒާހަރާގައި ގެންގުޅު "އެލް ޝޭޕް" ސޯފާއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުން ރައީސް ޔާމީންގެ ޕާޓީ ޕީއެންއެފްގެ ބައެއް ސަޕޯޓަރުން ވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީއެންސީ ކުރިމަތީގައި ސޯފާ އެއް ބަހައްޓާފަ އެވެ. އެކަމާއި ގުޅިގެން އެސްއޯ ފުލުހުންގެ ބޮޑު ޓީމަކުން ގޮސް ސޯފާ ނަގައިގެން ގެންދާތަން ފެނެއެވެ.
އިދިކޮޅު އެމްޑީޕީ އާއި ޕީއެންފުން ކުރިއަށް ގެންދާ މުޒާހަރާތަކުގައި ފުލުހުން ގެންދަނީ ވަރަށް އަނިޔާވެރިކޮށް މުޒާހަރާގެ ބައިވެރިންނާ ކުރިމަތިލަމުންނެވެ. އެގޮތުން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާގައި އެމްޑީޕީގެ ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ފަހުން ދެ މީހުންވެސް ދޫކޮށްލާފައިވާ ކަަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
ސިޔާސީ ޕާޓީތަކުން އަޑު އުފުލަމުން ދަނީ ނިމިދިޔަ އިންތިހާބުގައި ރައީސް މުއިއްޒުގެ ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނުމުން، އެކަމާއި ގުޅިގެން ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ގޮވާލަ އެވެ.
ހިތަދޫ ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވަނީ ސިނާއި ސައީދު
ތި ކެވެނީ ހުސް ޕްލާސްޓިކް، ރައްކާތެރިވާނީ ކިހިނެއް؟
ރާއްޖެއަށް ޑްރަގް އެތެރެކުރި ދެ އަންހެނަކު ހައްޔަރުކޮށްފި