އީރާނުގެ އަސްކަރިއްޔާއިން އެމެރިކާގެ ބައެއް މަނަވަރުތަކަށް އަމާޒުކޮށް ވަރުގަދަ ޑްރޯން ހަމަލާތަކެއް ދީފިކަން އެ ގައުމުން ރަސްމީކޮށް އިއުލާނުކޮށްފި އެވެ. މި ހަމަލާތަކަކީ އެމެރިކާގެ މަނަވަރުތަކަށް އަމާޒުކޮށް، އެއްވަގުތެއްގައި ދިން ކޯޑިނޭޓެޑް ހަމަލާތަކެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އީރާނުން ބުނާ ގޮތުގައި މި ހަމަލާތައް ދޭން ޖެހުނީ ޗައިނާއިން ފުރައިގެން އީރާނަށް ދަތުރުކުރި އެ ގައުމުގެ މުދާ އުފުލާ ބޯޓަކަށް އެމެރިކާގެ އަސްކަރިއްޔާއިން ދިން ހަމަލާއަކާ ގުޅިގެންނެވެ. އެމެރިކާގެ އެ އަމަލަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ އެމެރިކާގެ ގިނަ އަދަދެއްގެ މަނަވަރުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ފޮނުވާލާފަ އެވެ.
މި ހަބަރު ފެތުރިފައިވަނީ އީރާނުގެ ރަސްމީ މީޑިއާތަކުން ކަމަށްވާތީ، މިކަމުގެ ހަގީގަތް ދެނެގަތުމުގައި ސަމާލުވާން ޖެހޭ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. ނަމަވެސް، މި ރިޕޯޓުތަކުގައިވާ ކަންކަމުގެ ކުޑަ މިންވަރެއް ނަމަވެސް ހަގީގަތަކަށް ވެއްޖެނަމަ، ގަލްފުގެ ސަރަހައްދުގެ މަސްރަހު އިތުރަށް ނުތަނަވަސްވެ، ބޮޑު ހަމަނުޖެހުމަކަށް ބަދަލުވުމުގެ ބިރު އެބައޮތެވެ.
މި ހާދިސާއާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާއިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ. މި ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ތަފްސީލެއް ވެސް އަދި ސާފެއް ނުވެ އެވެ.
ޑައިލަންގެ ގެއަށް ވަތް ވަގަކު އަމިއްލައަށް ހިފަހައްޓައިފި
މަގުބޫލު ޖޯޑު ސްރިތީ އާއި ޝައްބީރު އަލުން އެކުގައި!
އެއްބަސްވުމާ ހިލާފުވެ، އެމެރިކާއިން އީރާނުގެ ބޯޓަކަށް ހަމަލާ ދީފި