އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި އަހުމަދު އަޝްފާން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމަށް ބަދަލުކޮށްފި އެވެ.
އަޝްފާން ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމަށް އައްޔަންކުރީ 2024 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އެވެ. އެހާތަނަށް އޭނާ ވަނީ އެ މުއައްސަސާއަށް 18 އަހަރު ހިދުމަތް ކުރައްވާފަ އެވެ.
އަޝްފާނަކީ ރާއްޖޭގެ ކުޅިވަރުގެ ތަރި އަލީ އަޝްފާގުގެ ބޭބެ އެވެ. 2008 ވަނަ އަހަރު ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ވެސް އަޝްފާނާއި އަޝްފާގް ހިމެނުނެވެ.
ކައުންސިލް އިންތިހާބުގެ ނާކާމިޔާބީއާއެކު ރައީސް މުހައްމަދު މުއިއްޒު ގެންދަވަނީ ބައެއް ބޭފުޅުން މަގާމުތަކުން ވަކިކޮށް، އަދި އަނެއް ބަޔަކު އެއްމަގާމުން އަނެއް މަގާމަށް ބަދަލުކުރަމުންނެވެ.
ދަރިފުޅަށް ގަނާ ކުރެވެމުން ދާކަން ދެނެގަންނާނީ ކިހިނެއް؟
ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދެއް އީރާނުން ހިފަހައްޓައިފި
އެމްޕީއެލްގެ ސީއީއޯ ކަމަށް ޝަފީގު އައްޔަންކޮށްފި
