ރޯދަ މަސް ނިމުނު ފަހުން ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މި ކަދުރުތައް ހަދިޔާކޮށްފައި ވަނީ މިމަހުގެ 16 ވަނަ ދުވަހު ކަމަށެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި، އާއްމުކޮށް ރޯދަ މަހާ ދިމާކޮށް ސައުދީން ފޮނުވާ ކަދުރު މިފަަހަރު ވެސް މާލެ ސަރަޙައްދުގައި ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށްދާނީ އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން، އިސްލާމީ މަރުކަޒުގެ ހޯލުގަ އެވެ. މާލެ ސަރަޙައްދުގައި ކަދުރު ބެހުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން މެއި 14 އާ ހަމައަށް ހެނދުނު 9:30 އިން މެންދުރު 1:00 އަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
އެ މިނިސްޓްރީން ބުނީ މާލެ އާއި ހުޅުމާލެ، ވިލިމާލޭގެ ގޭބިސީތަކަށް ކަދުރު ބަހާނީ އެ ގޭބިސީއެއްގެ އެޑްރެސް، ކަރަންޓު މީޓަރުގެ ނަންބަރު އަދި ކަދުރާ ހަވާލުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހު ކަމަށެވެ. އަދި މާލެ ފިޔަވައި އެހެން ރަށްރަށުގައި ކަދުރު ބަހާނީ، އެ ރަށަކަށް ކަނޑައަޅާ ކަދުރު ހުސްވަންދެން ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓް ކަދުރު ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
އެ މިނިސްޓްރީން ބުނީ ރަށްރަށަކަށް އަދަދު ކަނޑައެޅޭނީ ކޮންމެ 100 ގޭބިސީއަކަށް 50 ޕެކެޓުގެ ރޭޓުން ކަމަށާއި ރަށްރަށާއި ސިޓީތަކަށް ކަދުރު ބެހުމަށް ހަމަޖެހިފައި ވަނީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް މެދުވެރިކޮށް ކަމަށެވެ.
ސައުދީ ރަސްގެފާނުގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން 2004 ވަނަ އަހަރު މި އެހީ ތައާރަފްކުރި ހިސާބުން ފެށިގެން މިވީ 22 އަހަރުގެ ތެރޭގައި ރާއްޖެއަށް މެދުކެނޑުމެއް ނެތި ކަދުރު ހަދިޔާކުރާކަން އިސްލާމިކް މިނިސްޓްރީ ފާހަގަކުރެ އެވެ.
ވޯލްޑް ކަޕްގައި އީރާނަށް ކުޅެވޭނެ، އެއްވެސް ހުރަހެއް ނެތް: ރޫބިއޯ
އެމެރިކާ އާއެކު އެއްވެސް މަޝްވަރާއެއް ނުކުރަން އަންގައިފި
ރާއްޖެ އަންނަ އިންޑިއާ މީހުންނަށް އެޑްވައިޒަރީއެއް