ރައީސް މުހައްމަދު މުއިއްޒު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްކަމަށް، މ. ފައިޒާ، މުހައްމަދު ނިޒާރު އައްޔަންކުރައްވައިފި އެވެ.
ނިޒާރު އެ މަގާމަށް އައްޔަންކުރައްވާފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި، ގއ. ދެއްވަދޫ، ދޭލިޔާގެ، މުހައްމަދު އަނަސް، އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މިއީ، ވިޔަފާރި އާއި ހިންގުމުގެ ދާއިރާއިން މަތީ ތައުލީމާއި ތަޖުރިބާ ހާސިލުކުރައްވާފައިވާ ނިޒާރު، އެ ބޯޑުގެ ރައީސްކަމަށް އައްޔަންކުރެއްވި ދެވަނަ ފަހަރެވެ. 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށްވެސް އޭނާ ހުންނެވީ އެ ބޯޑުގެ ރައީސްގެ މަގާމުގަ އެވެ. މީގެ އިތުރުން، އޭނާ ވަނީ، އެސްޓީއޯގެ އިސް މަގާމުތަކުގައި، 14 އަހަރު ހިދުމަތްކުރައްވާފަ އެވެ.
އީރާނުން 21 މީހަކަށް މަރުގެ އަދަބު ދީފި
ކޯހީނޫރު އަލިމަސް އަަނބުރާ ދޭން މަމްދާނީ ޗާލްސްއަށް ގޮވާލައިފި
އިރާނުގެ ތެޔޮ ގަތުން ހުއްޓާލަން ޗައިނާއަށް ޓްރަމްޕްގެ އިންޒާރެއް
