ހުސްވެފައިވާ މިފްކޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް ޕީސީބީގެ ކުރީގެ ރައީސް މުހައްމަދު އަނަސް މިރޭ އައްޔަންކޮށްފި އެވެ.
ޕީސީބީގެ ރައީސްކަމުން އަނަސް އިސްތިއުފާދެއްވީ ވެސް މިރޭ އެވެ. އޭނާ އިސްތިއުފާދެއްވުމުން އެ ބޯޑުގެ ރައީސްކަން ކުރިން ކުރައްވާފައިވާ މުހައްމަދު ނިޒާރު ވަނީ އެ މަގާމަށް އައްޔަންކުރައްވާފަ އެވެ.
އެއަށްފަހު މިރޭ އެ ބޯޑުން ވަނީ މިފްކޯގެ އެމްޑީ ކަމަށް އަނަސް އައްޔަންކޮށްފަ އެވެ.
އަނަސް ވަނީ މި ސަރުކާރުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފަ އެވެ.
މިއީ މި ސަރުކާރުން މިފްކޯއަށް އައްޔަންކުރި ހަތަރު ވަނަ އެމްޑީ އެވެ.
އުރަމަތީ ކެންސަރަށް ހާއްސަ ފުރަތަމަ ޑޮކްޓަރަކަށް ޑރ. އަލްތާފް
މިހާރު ހިންގާ މީޑިއާތައް 6 މަސްތެރޭ ރަޖިސްޓްރީކުރުން ލާޒިމްކޮށްފި
ފިއުލް ސްޓޯރޭޖްތައް ގާއިމްކުރަން ދެ ފަޅެއް ބަލަނީ
