އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހްމަދު ޝިފާން ދެ ފުލުހަކު ފްރޭމްކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަން ފަށައިފި އެވެ.
އެނގިފައިވާގޮތުގައި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަމުން އަންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު ބޭރުކުރި މައްސަލައިގެ ބަޔާނުގައި، އެ މައްސަލައިގައި ނުހިމެނޭ ސީނިއާ ދެ ފުލުހެއްގެ ނަން ހިމަނަން ޝިފާން އެންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދިވެސް ނުލިބެ އެވެ.
މީގެކުރިން ވެސް ޝިފާނަށް ތުހުމަތު ކުރެވޭ އިތުރު މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑް ކޮމާންޑުން ބަލަން ފެށިއެވެ. ނަމަވެސް ވަކި ހިސާބަކުން އެ މައްސަލަ ވަނީ "އޮއްބާލާފަ" އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިޕާޗާ ހޯލުން ހުއްދަ ނެތި 140 ކާޓަންގެ ސިނގިރޭޓު ބޭރުކުރަން އުޅުނުކަން ފަޅާއެރީ މިދިޔަ އަހަރުގެ މާޗު މަހުގެ 25 ވަނަ ދުވަހުއެވެ.
އީރާނުން ޔޫއޭއީގެ ތެޔޮ ބަނދަރަކަށް ހަމަލާދީފި
ގުދުރަތީ މާހައުލެއްގައި 20 މިނެޓު ހޭދަ ކުރުމުން ގިނަ ފައިދާތަކެއް
އަދަދު ނޫހުން ނިންމީ ލެޕްޓޮޕްތަކުގެ ޕާސްވޯޑް ނުދޭން
