ބާވެ ހަލާކުވުމުގެ ސަބަބުން ކުނޑިކޮށްފައިވާ ރަންދިހަފަހެއް ސީރީސްގެ ނޫޓުތަކުގެ ކުނޑި ބޭނުންކޮށްގެން އުފެއްދުންތައް ތައްޔާރުކުރުމުގެ މުބާރާތައް ރަޖިސްޓަރީވުމުގެ ސުންގަޑިއަކީ މާދަމާ ހަމަވާނެ އެވެ.
އެމްއެމްއޭ އިން އިއުލާންކޮށްފައިވާ މި މުބާރާތުގެ މަގުސަދަކީ ކުނޑިކޮށްފައިވާ ފައިސާއިން މާނަވީ އުފެއްދުންތަކެއް ތައްޔާރުކޮށްގެން އެއަށް އާ ދިރުމެއް ގެނެސްދިނުމެވެ. އެގޮތުން މި މުބާރާތް ކުރިއަށް ދަނީ ދެ ކެޓަގަރީ އަކަށް ބަހައިލައިގެންނެވެ. އެއީ ކުނޑިކޮށްފައިވާ ނޫޓުތައް ބޭނުންކޮށްގެން އާޓްވޯކް ތައްޔާރުކުރުމާއި ހަނދާނެއްގެ ގޮތުގައި ބެހެއްޓޭނެ "ސުވެނިއާ" ފަދަ ތަކެތި ޑިޒައިންކޮށް އުފެއްދުމެވެ.
މި މުބާރާތުގައި ސްވެނިއަރގެ ގޮތުގައި ޑިޒައިން ކުރާނީ އެމްއެމްއޭ އިން ރަސްމީ ހަދިޔާގެ ގޮތުގައި ބޭނުންކުރެވޭނެ ފަދަ އެއްޗެކެވެ. އަދި އާޓްވޯކް އުފެއްދުމުގައި ކުނޑިކޮށްފައިވާ ފައިސާއަކީ އެ އާޓްވޯކެއް އުފެއްދުމުގައި ބޭނުންކުރާ އަސާސީ މާއްދާއަށް ވާންވާނެ އެވެ.
މި މުބާރާތުން ހޮވާލެވޭ އެންމެ މޮޅެތި އުފެއްދުންތައް މި އަހަރު ޖުލައިގައި އެމްއެމްއޭއިން ބާއްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި ދައްކާލުމަށް ބަހައްޓާނެ އެވެ.
މިއީ ދިވެހީންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. ވަކިވަކި ފަރުދުންނަށް ވެސް، ޓީމެއްގެ ގޮތުގައި ވެސް އަދި ވިޔަފާރިތަކަށް ވެސް މުބާރާތުގައި ބައިވެރިވެވޭނެއެވެ. އަދި ބޭނުންނަމަ ދެ ކެޓަގަރީގައި ވެސް ވާދަކުރެވޭނެ އެވެ.
މުބާރާތުގެ ދެ ކެޓަގަރީއަށް ވެސް ފައިސާގެ އިނާމުތަކެއް ކަނޑައެޅިފައިވާއިރު ސްވެނިއާ ޑިޒައިންކުރުމުން ވަނަވަނަ އަށް ހޮވޭ ފަރާތްތަކަށް އެމްއެމްއޭއާއެކު ވަކި އެއްބަސްވުމުގެ ދަށުން ސްވެނިއާ އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ޝައުގުވެރިވާ ފަރާތްތަކުން އެމްއެމްއޭގެ ވެބްސައިޓުގައިވާ އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް ފުރިހަމަކުރުމަށްފަހު[email protected] އަށް އީމެއިލް ކުރަންވާނެ އެވެ.
މުބާރާތާ ގުޅޭ އިތުރު މައުލޫމާތު އެމްއެމްއޭގެ ވެބްސައިޓުގައިވާ ގައިޑްބުކުން ލިބޭނެ އެވެ.
މައުލޫމާތުގެ ސައްހަކަމާއި އިތުބާރު ދަމަހައްޓަންޖެހޭ: ޝަރީފް
ގަސްގަހާގެހީގެ ކާނާއިން ހަނދާން ނެތޭ ބަލީގެ ނުރައްކާ ކުޑަވޭ!
ހައްޔަރުކުރި ނޫސްވެރިން މިނިވަންކުރަން ޔާމީން ގޮވާލައްވައިފި
