ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މަގާމުން ވަކިކުރުމުގެ ގަރާރު މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
މަޖިލީހުގެ އިދާރާއިން 'އެކްސް' ގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ އެ މަޖިލީހުގެ ނައިބު ރައީސް ނާޒިމް މަގާމުން ވަކިކުރުމުގެ ގަރާރެއް އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ގާނޫނުއަސާސީއާ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދާނެ ކަމަށް މަޖިލީހުން ބުންޏެވެ.
ނާޒިމް ވަކިކުރަން މަޖިލީހަށް ހުށަހެޅުމަށް، ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ފާސްކުރީ އިއްޔެ އެވެ.
ޕީއެންސީ ޕީޖީން ނާޒިމް ވަކިކުރަން ނިންމާފައި މިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު، މެންބަރުންނަށް އިރުޝާދު ދެެއްވުމަށް ގެންގުޅުއްވާ ވަޓްސްއެޕް ގްރޫޕުން އޭނާ ބޭރުކޮށްލިތާ މަދު ވަގުތުކޮޅެއްގެ ތެރޭގަ އެވެ.
އަދި އިއްޔެ ބާއްވަން އުޅުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުނުވުމަށް ޕީއެންސީގެ ޕީޖީ ލީޑަރު ފާލާހު އެންގެވުމާ ގުޅިގެން، ޕީއެންސީގެ މެންބަރުން އެ ޖަލްސާއަށް ގޮސްފައެއް ނުވެ އެވެ. އެހެންވެ، ރިޔާސަތުގައި އިންނެވި ނާޒިމް ވަނީ ޖަލްސާ ނިންމަވާލެއްވިކަން އިއުލާންކުރައްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން އަހްމަދު ނާޒިމް ވަކިކުރުމަށް ވެރިކަންކުރަން މަޖިލީހަށް ހުށަހެޅުމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ފާސްކޮށްފި އެވެ.
ޕީއެންސީ ޕީޖީން ނާޒިމް ވަކިކުރަން ނިންމާފައި މިވަނީ، ރައީސް މުހައްމަދު މުއިއްޒު މެންބަރުންނަށް އިރުޝާދު ދެެއްވުމަށް ގެންގުޅުއްވާ ވަޓްސްއެޕް ގްރޫޕުން އޭނާ ބޭރުކޮށްލިތާ މަދު ވަގުތުކޮޅެއްގެ ތެރޭގަ އެވެ.
ބަޣާވާތަކުން މި ވެރިކަން ވައްޓާލަން ނާޒިމް އުޅުއްވި ކަމަށް ތުހުމަތުކޮށް މީގެކުރިން ވަނީ ފުލުހުންގެ އިންޓެލް ރިޕޯޓެއް ވެސް ތައްޔާރުކޮށްފަ އެވެ.
ނާޒިމަކީ ރައީސް މުއިއްޒުގެ ބޮޑުބޭބެ އެވެ. އެ ދެ ބޭފުޅުންގެ ދެމެދުގައި މައްސަލަ ޖެހުނީ ކޮން ކަމަކާ ގުޅިގެން ކަމެއް އަދި ސާފެއްނުވެ އެވެ.
ތާބޫއަށް ކައިވެންޏެއް ނުކުރެވުނީ އަޖޭގެ ސަބަބުން؟
ބާ ކައުންސިލުން ނޫސްވެރިންނަށް ހިލޭ ގާނޫނީ އެހީތެރިކަން ދެނީ