މާލޭގެ ގެއެއްގެ ތެރޭގައި ޏ. ފުވައްމުލައް، ކުރި، ޝިއާއު މުހައްމަދު ސައީދު އަނިޔާވެރި ގޮތަކަށް މަރާލި ތުހުމަތުގައި ދައުވާ އުފުލާފައިވާ ފ. ނިލަންދޫ، ފިނިފެންމާގޭ، އަލީ ޝާހިލްގެ މައްޗަށް ދައުވާތަކެއް ސާބިތުވެ، ތިން އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
މި މަހުގެ ހަވަނަ ދުވަހު ހައިކޯޓަށް ހުށަހެޅި މި މައްސަލައަކީ، ދެ ދައުވާއެއް ސާބިތުވެ ޝާހިލް ތިން އަހަރާއި އެއް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ކުރި ހުކުމާ ގުޅޭ މައްސަލައެކެވެ. ނަމަވެސް، މި މައްސަލަ ބަލައިގަތުމާ މެދު ހައިކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ. އަދި ދަށު ކޯޓެކޭ އެއްފަދައިން، ހައިކޯޓުން ވެސް ވަނީ މައްސަލައިގެ ތަފްސީލުތައް ސިއްރުކޮށްފަ އެވެ.
ޝާހިލްގެ މައްޗަށް އިއްވި މި ހުކުމް އިސްތިއުނާފު ކުރި ނަމަވެސް، އޭނާގެ މައްޗަށް ކުރާ އެންމެ ސީރިއަސް ދައުވާ ކަމަށްވާ ގަސްދުގައި މީހަކު މެރުމުގެ ދައުވާގެ ޝަރީއަތް އަދިވެސް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ. މީގެ އިތުރުން ވެސް ބައެއް އެހެން ދައުވާތައް އޭނާގެ މައްޗަށް އުފުލާފައިވެ އެވެ.
ހ. ޝީރީންވިލާ ގޭގައި ޝިއާއު މަރާލައި ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދީފައި އޮއްވައި ފެނުނު މައްސަލައިގައި ޝާހިލް ހައްޔަރުކުރީ ކުށުގެ ވެށިންނެވެ. މިކަން ހިނގީ އޮގަސްޓް 6، 2022ގަ އެވެ.
ޝިއާއު މަރާލުމަށް ފަހުގައި ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ކަމަށް ވެސ ފުލުހުން ބުނެފައިވެ އެވެ. އަދި ޝިއާއު މަރަށް ހުށަހެޅިގެން ދިޔައީ، އެ އަނިޔާތަކުގެ ސަބަބުންކަން ރިޕޯޓުން އެނގޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އެންޖެލީނާއާ ބައްދަލު ކުރަން އޭނާގެ ބައްޕަ އާދޭސް ކުރަނީ!
ނާޒިމް މަގާމުން ވަކިކުރަނީ މަސްލަހަތު ގެއްލުވާލިކަމަށް ބުނެ
ދެ ރައީސުންނާއެކު މަސައްކަތްކުރަން ނިންމީ ގައުމުގެ މަސްލަހަތުގައި