އދ. މަހިބަދޫ ކައުންސިލްގެ ނައިބުރައީސް އިންތިހާބު ނުކުރެވި ޑެޑްލޮކަކަށް ހިނގައްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލަރުން ހުވާ ކުރުމަަށް ފަހު، ނައިބު ރައީސެއް ހޮވަން ނެގި ވޯޓުގައި ވާދަކުރެއްވީ ތިން ބޭފުޅުންނެވެ.
ފުރަތަމަ ފަހަރު ނެގި ވޯޓުގައި އެމްޑީޕީގެ ކައުންސިލަރު ޒައީމާ މުހައްމަދު 2 ވޯޓް އަދި ޕީ އެންސީގެ މުހައްމަދު މައުމޫނަށް 2 ވޯޓް ލިބި، ވަނީ އެއްވަރުވެފަ އެވެ. އަދި އަމިއްލަ ގޮތުން ހޮވުނު ކައުންސިލަރު ބުންޏާމީން ހަސަނަށް ވަނީ 1 ވޯޓް ލިބިފަ އެވެ.
ދެވަނަ، ތިންވަނަ، ހަތަރުވަނަ އަދި ފަސްވަނަ ފަހަރު ވޯޓު އަލުން ނަގައިގެން ވެސް އެމްޑީޕީގެ ޒައީމާ މުހައްމަދު 2 ވޯޓު އަދި ޕީއެންސީ މުހައްމަދު މައުމޫން 2 ވޯޓް ހޯދިއިރު ބާތިލު އެއް ވޯޓު އޮތެވެ.
އެއާއެކު މިހާރު ގާނޫނީ ގޮތުން ފުރަތަމަ ޖަލްސާގައި ނިންމަންޖެހޭ ނައިބު ރައީސް ނުނެގި އޮތީ ޑެޑް ލޮކެއްގަ އެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ހަގީގީ އެކުވެރިކަން ހޯދިދާނެތަ؟
ރައީސް މުއިއްޒަށް ތާއީދު ކުރެވެން ނެތީ ޣައްދާރަކަށް ވީމަ: ޔާމީން
ބަރަކާތުގެ 10 ރޭ: ޛުލްހިއްޖާ މަހުގެ މާތްކަން