އެމްޑީޕީގެ އާންމު މެންބަރުންނަކީ އެއްވެސް މީހެއްގެ ކައިރިން މާފަށް އެދެންޖެހޭނެ ބައެއް ނޫން ކަމަށާއި، ޕާޓީގެ ލީޑަރުންނަށް މިއަދު ލިބިވަޑައިގަންނަވާ ހުރިހާ ޝަރަފަކާއި އިނާޔަތްތަކަކީ އާންމު މެންބަރުންގެ ބުރަ ގުރުބާނީގެ ނަތީޖާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މީކާއީލް މިހެން ވިދާޅުވީ "އިތުބާރު" ކެމްޕެއިނަށް ހއ. ކެލެއަށް ވަޑައިގެން، އެ ރަށުގެ އެމްޑީޕީ އާންމު މެންބަރުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމެއްގައި މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީ ދޫކޮށް ދިޔުމުން، އާންމު މެންބަރަކު ކުރި ސުވާލަކާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރަށެއްގައި މާފަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް، އެމްޑީޕީގެ މެންބަރުން ވެސް އެމަނިކުފާނު އަރިހުން މާފަށް އެދެންޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެން ކެލާގައި މެންބަރަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މީކާއީލް ވިދާޅުވީ، އެ ވާހަކަފުޅު އެއްވެސް ވަރަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑެއް ހަމަ އެއްވެސް ވަރަކަށް ގަބޫލެއް ނުކުރަން ރައީސް ނަޝީދެއްނޫން އެއްވެސް މީހެއްގެ ފަރާތުން އެމްޑީޕީގެ އާންމު މެންބަރުން މާފަށްއެދެން ޖެހޭނެކަމަށް. އެމްޑީޕީގެ އާންމު މެންބަރުން އެބޭފުޅުން އެބޭފުޅުންނަށް ހެދީ އެމްޑީޕީގެ އާންމު މެންބަރުން. ވަރަށް ގިނަ އަހަރުގެ ވަރަށް ބޮޑެތި ގުރުބާނީތަކަކަށްފަހު އެބޭފުޅުން އެބޭފުޅުންނަށްވީ،" މީކާއީލް ވިދާޅުވި އެވެ.
މީކާއީލް ފާހަގަކުރެއްވި ގޮތުގައި ރައީސް ނަޝީދު ވިޔަސް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިޔަސް ގައުމުގެ ރައީސްކަމުގެ މަގާމަށް ގެނައީ އެމްޑީޕީގެ އާންމު މެންބަރުންނެވެ. އަދި އެ ބޭފުޅުންނަށް މިއަދު އެލިބޭ މަގާމުތަކާއި، ދާއިމީ އިނާޔަތްތަކާއި ޝަރަފަކީ އާންމު މެންބަރުންގެ ސަބަބުން ލިބޭ އެއްޗެއްކަން އޭނާ ހަނދާންކޮށްދެއްވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، 2023 ވަނަ އަހަރު ފެނިގެންދިޔައީ އާންމު މެންބަރުންގެ އެއްވެސް ގުރުބާނީއަކަށް ރިއާޔަތްކުރުމެއް ނެތް ގޮތަށް، ހަމައެކަނި ސިޔާސީ މަންފާއެއް ހާސިލްކުރުމަށްޓަކައި އެމްޑީޕީގެ އެތައް ހާސް މެންބަރުންނެއް މަގުމަތިކޮށްލި މަންޒަރު ކަމަށެވެ. އެހެންކަމުން، އެމްޑީޕީގެ އާންމު މެންބަރުން އެއްވެސް މީހެއްގެ ކުރިމަތީގައި ކުށްވެރިވާންޖެހޭ ފަދަ އެއްވެސް ކަމެއް ނެތް ކަމަށް ވިދާޅުވެ، މީކާއީލް ވަނީ މެންބަރުންގެ ދިފާއުގައި ވަކާލާތު ކުރައްވާފަ އެވެ.
ބަންގްލަދޭޝްގައި ހިމަބިހި ފެތުރި 500 ކުދިން މަރުވެއްޖެ
ބޯހިޔާވަހިކަމަށް އެދުމުގެ ފުރުސަތު އަންނަ މަހު 15އަށް
މާލެ އާއި ހުޅުމާލެއިން ކުއްލިއަކަށް ކަރަންޓު ކެނޑިއްޖެ
