ލ. ގަމުގައި އީދަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ކަރަންޓުގައި ޖެހި ބޮޑެތި އަނިޔާތަކެއް ލިބުނު ކުއްޖާ ވެންޓިލޭޓަރުން ނަގައި ވޯޑަށް ބަދަލުކޮށްފި އެވެ.
އުމުރުން 14 އަހަރުގެ މި ފިރިހެން ކުއްޖާގެ ގައިގައި ކަރަންޓު ޖެހުނީ މި މަހުގެ 26 ވަނަ ދުވަހުގެ ރޭ މަގުމަތީގައި ހުރި ކަރަންޓު ހޮޅިދަނޑިއަކުން އެ ރަށު އަތިރިމަތީގައި ހުރި ތަނަކަށް ކަރަންޓު ގުޅުމަށް މަސައްކަތް ކުރަމުން ދިޔަ ވަގުތެއްގަ އެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ ކުއްޖާ މާލެ ގެނެސް އެންމެ ފުރަތަމަ ވެންޓިލޭޓަރުގައި ފަރުވާ ދީފައިވާ ކަމަށާއި އެއަށްފަހު އައިސީޔޫގައި ބޭއްވުމަށްފަހު މިއަދު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ލިބުނު ނަމަވެސް މިހާރު ކުއްޖާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.
ޓްރަމްޕްގެ ޝަރުތުތައް ފުރިހަމަނުވުމުން އެއްބަސްވުމަކަށް ނާދެވުނު
އީޔޫ އިން ޓެމޫ 297 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ސްޓްރެސްގެ ސަބަބުން އަންހެނެއްގެ އެތެރެ ހަށްޓަށް އަންނަ ބަދަލު!