ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އިސްތިއުފާ ދެއްވުމުން އާ ނައިބު ރައީސަކު އިންތިހާބު ކުރަން ބާއްވާ ޖަލްސާ މާދަމާއަށް ފަސްކޮށްފި އެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން ނާޒިމް އިސްތިއުފާ ދެއްވިކަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއުލާން ކުރެއްވުމަށްފަހު، މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވަނީ އިތުރު ޖަލްސާއެއް މިއަދު މެންދުރު 1:00 ގައި ބާއްވާނެކަން އިއުލާން ކުރައްވާފަ އެވެ.
ނަމަވެސް މަޖިލީހުގެ އިދާރާއިން މީގެ އިރުކޮޅެއް ކުރިން ވަނީ ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމާ ކަމަށް ބުނެފަ އެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރަން މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވަނީ، މި މަހުގެ 14 ވަނަ ދުވަހު އެވެ. މަގާމުން އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ޖަލްސާ ފަށަން ތައްޔާރުވެފައި ވަނިކޮށެވެ.
ނާޒިމްގެ ބަދަލުގައި މަޖްލިސްގެ ނައިބު ރައީސްގެ މަގާމަށް އަންނާނީ ކޮން ބޭފުޅެއް ކަމެއް އަދި މުޅިން ކަށަވަރެއް ނުވެ އެވެ. ނަމަވެސް އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ އިތުރުން އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވެސް އެ މަގާމަށް އަންނަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށްވެ އެވެ.
ހޮޅުދޫ އަތިރިމަތީ ކުޅުނު މޫސަ މޮޅު ކޯޗަކަށް!
ސްޕައިޑަ މޭންގެ މާސްކް ބާލަން ޓޮމް ތައްޔާރު ވަނީ؟
ޓްރަމްޕް ޑިޕްލޮމެސީގެ އުސޫލުތަކާ ހިލާފުވެއްޖެ: އީރާން