ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) ބަލިކޮށް، އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރައްވައިފި އެވެ.
މާލެ އާއި އައްޑޫގައި ބޭއްވި މިއަދު ބޭއްވި މި އިންތިހާބުގެ ވަގުތީ ނަތީޖާ މިހާތަނަށް ދައްކާ ގޮތުން އެމްޑީޕީގެ ކެންޑިޑޭޓް ސޯބެއަށް 1،375 ވޯޓު ލިބިފައިވެ އެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓް ސޮޑާ އަށް ލިބުނީ 1313 ވޯޓެވެ.
ސޯބެ މި އިންތިހާބު ކާމިޔާބު ކުރެއްވުމުން އެ ޕާޓީގެ މަޖިލިސް މެންބަރުންގެ އަދަދު 12 އިން 13 އަށް އިތުރުވީ އެވެ. އަދި ޕީއެންސީގެ މެންބަރުންގެ އަދަދު 75 އިން 74 އަށް ވެއްޓުނީ އެވެ.
މިއީ އެޕްރީލް 4 ވަނަ ދުވަހު އޮތް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓަށް ފަހު ޕީއެންސީން ބަލިވި ތިންވަނަ އިންތިހާބެވެ.
މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށް ކުރިޔަށް ދިޔަ މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 4،121 މީހުން ވޯޓުލުމަށް ޖުމްލަ 7 ފޮއްޓެއް ބެހެއްޓި އެވެ. މި އިންތިހާބުގައި ޖުމްލަ 2،730 މީހުން ވޯޓުލި އެވެ. އެ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 66.2 ޕަސެންޓެވެ.
މި ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރަކަށް ހުންނެވި މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް ދައްކަވާފައި ނުވާތީ، މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ. އެ ކޯޓުގެ ނިންމުމާއެކު، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށްޓަކައި މި ބައި- އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ އެވެ.
ލަންކާ ޕޯޓުގައި ތާށިވި 4،000 ކޮންޓެއިނަރު ގެނެސްފި
ފްރާންސްގެ "މުރެއާ"އަކީ ތަފާތު މަންޒިލެއް!
ޕޫޓިންއާ ބައްދަލުކޮށް މަޝްވަރާކުރަން ޒެލެންސްކީ ހުށަހަޅުއްވައިފި
