މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ރޭ އުޅުނު ފުލުހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ މަރުވެފައި ވަނީ އުމުރުން 33 އަހަރުގެ ސީނިއާ ސާޖަންޓް އަހުމަދު އާސިފް ކަމަށެވެ.
އޭނާގެ ހަށިގަނޑު ފެނުނީ ރޭ ދަންވަރު އއ. އަތޮޅުގައި ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި "ޕޮލިސް ލޯންޗް 57" ގައި ތިބި ފުލުހުންގެ ތެރެއިން ފުލުހަކު ގެއްލިގެން ހޯދަނިކޮށް ކަމަށެވެ.
މިކަން އެނގުމާ އެކު އޭނާ ހޯދުމުގެ މަސައްކަތުގެ ތެރެއިން ފެނުނީ އެ ފުލުސް މީހާ މޫދު އަޑީގައި އޮއްވައި ކަމަށް ފުލުހުން ބުންޏެވެ. "... އޭނާގެ ހަށިގަނޑު މިހާރު ވަނީ އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ސިއްހީމަރުކަޒުން މައުލޫމާތު ދެއެވެ." ފުލުހުން ބުންޏެވެ.
އާސިފަކީ ހިމަންދޫގައި މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަން ހިންގަން މާލެ އިން ދިޔަ ފުލުހުންގެ ހާއްސަ ޓީމުގައި ހިމެނުނު ފުލުހެކެވެ. ނަމަވެސް މިކަމާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
"ޓޯއީ ސްޓޯރީ 5"ގެ ޕްރިމިއާގައި ޓޭލާގެ ހާއްސަ ހުށައެޅުމެއް!
