ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސްއިން ދޭ ޝަރަފުވެރި ޑީންސް އެވޯޑް، އެ ފެކަލްޓީގައި ކިޔަވަމުންދާ ހަތަރު ނޫސްވެރިއަކަށް ދީފި އެވެ.

ފެކަލްޓީ އޮފް އާޓްސްގެ ޑީންސް އެވޯޑް މި ފަހަރު ހާސިލުކޮށްފައިވަނީ ބެޗެލާ އޮފް އާޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ކޯހުގައި ކިޔަވަމުންދާ ހަތަރު ދަރިވަރެކެވެ. މީގެ ތެރޭގައި ހިމެނެނީ ވޮއިސް ނޫހުގެ ޗީފް އެޑިޓަރު އަދި ނޫސްވެރިޔާ ޝަފްރާޒް އަހުމަދު ހުސައިން އާއި، ޕީއެސްއެމްގެ ދެ ނޫސްވެރިން ކަމަށްވާ އައިމިނަތު ޝާޒިޔާ އާއި ޝިފްނާ އަހުމަދުގެ އިތުރުން އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރެވެ.

ޑީންސް އެވޯޑަކީ ޔުނިވާސިޓީގެ ކޮންމެ ސެމިސްޓާއެއްގައިވެސް ކިޔެވުމުގެ ނަތީޖާއިން އެންމެ މަތިން ފާސްވާ ދަރިވަރުންނަށް ދޭ ހާއްސަ އެވޯޑެކެވެ. މި އެވޯޑަކީ ދަރިވަރުންގެ ތައުލީމީ ފެންވަރު ވަޒަންކޮށް، އެ ކުދިން ހޯދާ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ދެވޭ ޝަރަފެކެވެ.

އެވޯޑް ހަވާލުކުރުމުގެ ރަސްމިއްޔާތުމިކަމަށްޓަކައި އެމްއެންޔޫގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި، ޑީންސް އެވޯޑް ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޔުނިވާސިޓީގެ ޗާންސެލަރު ޑޮކްޓަރު މަހުމޫދު ޝައުގީއެވެ. މިއީ މީޑިއާގެ ދާއިރާގައި ހަރަކާތްތެރިވަމުން ތައުލީމު ހާސިލުކުރަމުންދާ ނޫސްވެރިންނަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.