ދުނިޔޭގެ މިއުޒިކީ ދާއިރާގައި އެންމެ ނުފޫޒުގަދަ އެއް އަންހެން ފަންނާނު ކަމަށްވާ އެރިއާނާ ގްރާންޑޭ މިވަނީ ސިޔާސީ ގޮތުންނާއި އިންސާނީ ހައްގުތަކުގެ ދިފާއުގައި ވަރަށް ވަރުގަދަ، ޖެހިލުންކުޑަ ފިޔަވަޅެއް އަޅާފަ އެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރު "ވައިޓް ހައުސް" އިން ބާއްވާ ހަރަކާތްތަކެއްގައި އޭނާގެ މަގްބޫލު ލަވަތައް ބޭނުންކުރުމާ ދެކޮޅަށް އެރިއާނާ މިވަނީ ރަސްމީކޮށް އިންޒާރުދީފަ އެވެ.
އެރިއާނާ ގްރާންޑޭ ބުނިގޮ ތުގައި، ދުނިޔޭގެ އެކި ކޮޅުތަކުގައި ހިންގަމުންދާ ނާއިންސާފު އަދި އަނިޔާވެރި އަމަލުތަކަށް ހިތްވަރުދޭ ސިޔާސީ ބާރުތަކުން އޭނާގެ މިއުޒިކްގެ ބޭނު ންހިފުމަކީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ.
"އަހަރެންގެ މިއުޒިކަކީ ލޯތްބާއި ސުލްހައިގެ މެސެޖެއް"
އެރިއާނާގެ ލީގަލް ޓީމުން ވައިޓް ހައުސްއަށް ފޮނުވި ރަސްމީ ބަޔާނެއްގައި، އޭނާގެ އެއްވެސް ލަވައެއް ސަރުކާރުގެ ރަސްމީ ޕްރޮގްރާމް ތަކުގައާއި ސިޔާސީ ކެމްޕޭންތަކުގައި ބޭނުންކުރުން ވަނީ ވަގުތުން މަނާކޮށްފަ އެވެ.
އެރިއާނާ ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުގައި، އޭނާ ލަވަތައް އުފައްދަނީ އިންސާނުންގެ ހިތްތަކަށް އުފާވެރިކަމާއި، ލޯތްބާއި، އެއްބައިވަންތަކަން ގެނެސްދިނުމަށެވެ. އެހެންކަމުން، ސިޔާސީ މަގްސަދުތަކުގައާއި ހަނގުރާމަތަކަށް ހިތްވަރުދޭ ފަދަ މާހައުލުތަކުގައި އޭނާގެ މިއުޒިކް "ހަތިޔާރެއް"ގެ ގޮތުގައި ބޭނުން ކުރަން އޭނާ ބޭނުމެއް ނުވެ އެވެ.
މި ނިންމުމާއެކު، ސަރުކާރުގެ އެކި ހަރަކާތްތަކުގައި އެރިއާނާގެ މަޝްހޫރު ލަވަތައް ބޭނުންކުރުން ހުއްޓާލަން ވައިޓް ހައުސްއަށް މިވަނީ މަޖުބޫރުވެފަ އެވެ.
މިއީ ހޮލީވުޑްގެ ބޮޑު ތަރިއަކު އެމެރިކާ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް މިފަދަ ހަރުކަށި ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް ރިއާނާ އާއި ބިޔޯންސޭ ފަދަ ތަރިން ވަނީ ސިޔާސީ ޖަލްސާތަކުގައި އެމީހުންގެ ހުއްދަނެތި ލަވަތައް ޖެހުމުން ކޯޓަށް ދާނެ ކަމުގެ އިންޒާރުދީފަ އެވެ.
ނަމަވެސް، އެރިއާނާގެ މި ފިޔަވަޅު ހާއްސަވަނީ، އޭނާ ސީދާ "އަނިޔާވެރިކަން" ފަދަ ވަރުގަދަ ލަފްޒުތައް ބޭނުންކޮށް، ދުނިޔޭގެ ސުލްހައަށް ބުރޫއަރާ ފަދަ ނިންމުންތައް ނިންމާ ސިޔާސީވެރިންނާ ދެކޮޅަށް ސީދާ ދެކޮޅުވެރިކަން ފާޅު ކުރުމުންނެވެ.
އެރިއާނާ ވައިޓް ހައުސްއަށް އެންގި އެންގުމަކީ މިއުޒިކީ ދުނިޔޭގައި އާ ބާރެއް އުފެދިއްޖެކަމުގެ ހެއްކެކެވެ. ފަންނާނުންނަކީ ހަމައެކަނި މުނިފޫހިފިލުވައިދޭ ބައެއް ނޫންކަމާއި، އެމީހުންގެ އުފެއްދުންތަކުގެ މައްޗަށް އަމިއްލަ ބާރު ހިނގަން ޖެހޭނެކަން އެރިއާނާ މިވަނީ ސާބިތުކޮށްދީފަ އެވެ.
ޖަސްޓިންއާއި ބްލޭކްގެ ގާނޫނީ ކޯޅުން ނިމުމަކަށް!
ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންގެ މައުލޫމާތު ނަގައިފި
އަލީ ހާމަނާއީގެ ޖަނާޒާ ޖުލައި 4 ގައި ބާއްވަނީ