ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގުގެ ގަރާޖަށް ހުއްދަ ނެތި ވަން މައްސަލައެއްގައި މީހަކު ހައްޔަރުކޮށް، ތަހުގީގު މަރުހަލާއަށް 15 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޏ. ފުވައްމުލަކު، ދިގުވާނޑު ގުރަހާގެ، އުމުރުން 31 އަހަރުގެ އަހްމަދު ފަޔާޒެވެ. އޭނާ ބަންދުކުރުމަށް ނެރުނު އަމުރުގައި ވާ ގޮތުގައި، ފުލުހުންގެ ވެހިކަލްތައް ޕާކުކުރާ ގަރާޖުގެ ތެރެއަށް އޭނާ ވަދެފައިވަނީ އެއްވެސް ހުއްދައެއް ނެތި އެވެ. ނަމަވެސް، ކޯޓުގައި އޭނާ ވަނީ މި ތުހުމަތުތަކަށް އިންކާރުކޮށް އެކަން ކޮށްފައި ނުވާނެކަމަށް ބުނެފަ އެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކަށް ބާރުދޭ ކޮންމެވެސް މިންވަރެއްގެ ހެކި ފުލުހުން ވަނީ ހުށަހަޅާފަ އެވެ. މީގެ ތެރޭގައި އެ ހާދިސާ ހިނގި ވަގުތު އެ ސަރަހައްދަށް ދިޔަ ފުލުހުން ތައްޔާރުކޮށްފައިވާ ހާދިސާ ރިޕޯޓާއި، އެ ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖުތަކުގެ ސްނެޕް ޝޮޓްތައް ހިމެނެ އެވެ. މީގެ އިތުރުން، އޭނާ ހައްޔަރުކުރުމާއި ބަންދުކުރުމުގެ ލޮގުވެސް ކޯޓަށް ހުށަހަޅާފައިވެ އެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ފަޔާޒަކީ މީގެ ކުރިންވެސް އެކި މައްސަލަތަކުގައި ހައްޔަރުކޮށް އަދި ބަންދުކުރުމުގެ ރެކޯޑު އޮތް ފަރާތެއްކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެ އެވެ.
ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންގެ މައުލޫމާތު ނަގައިފި
ގަތަރަށް ވޯލްޑް ކަޕްގައި ފުރަތަމަ ޕޮއިންޓް
ނަޝީދު ރަސްމީކޮށް އޮފީހަށް ނުކުންނަވައި މަސައްކަތް ފައްޓަވައިފި
