އިންޑިއާގެ ސިފައިން ހދ. ހަނިމާދޫގައި ގާއިމްވެ ތިބުމަށް 30 ގެ ކުއްޔަށް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އިންޑިއާގެ ސިފައިން ތިބުމަށް ކުއްޔަށް ހިފާނެ ބައެއް ގެތައް މިހާރު ވަނީ ލިބިފައެވެ. އަދި އިތުރު ގެތައް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ހަނިމާދޫގައި ގާއިމްވެ ތިބެން ނިންމާފައިވާ ސިފައިންނަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ގެންނަ އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓް އޮޕަރޭޓް ކުރާ ސިފައިންނެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިޞާދަށް އައިސްފައިވާ ހީނަރުކަން ފޫބެއްދުމަށްޓަކައި 150 މިލިއަން ޑޮލަރުގެ ކަރެންސީ ސްވެޕެއް ދިނުމަށް އެ ގައުމުން އެއްބަސްވީ އިންޑިއާ ގެ ޑޯނިއާ މަތިންދާ ބޯޓެއް އިންޑިއާ ސިފައިންނާއެކު ރާއްޖޭގައި އޮޕަރޭޓު ކުރުމަށް ދިވެހި ސަރުކާރުން އެއްބަސްވުމުންނެވެ.
މިވަގުތު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޑިއާގެ ސިފައިން ތިބިއިރު، އެ އެއްބަސްވުމުގެ ދަށުން މުއްދަތެއް ނެތްގޮތަށް އިންޑިއާގެ ސިފައިން ހަނިމާދޫގައި ތިބޭނެއެވެ.
އިންޑިއާގެ ސިފައިން ދާއިމަށް ރާއްޖޭގައި ބޭތިއްބުމަކީ އެ ގައުމުން ރާއްޖެ އަޅުވެތިކުރަން ކުރަމުންދާ މަކަރުވެރި ހީލަތްތެރި މަސައްކަތެއްގެ ފެށުން ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ކަސްރަތު ކުރަން ކަންނެތް ވޭތަ؟ މިކަންކަން ކޮށްލާ!
އެންމެ ބޮޑު ހަތަރު އެއާލައިން އާ ޓާމިނަލަށް ބަދަލު ނުވެ ލަސްވަނީ
ނުރައްކާތެރިކޮށް ދުއްވާ މީހުން 20 އަހަރަށް ޖަލަށްލެވޭގޮތް ހަދަނީ
