ވ. އާރަށް މައްސަލައިގައި ކުރީގެ ރައީސް އަބްދުالله ޔާމީނަށް ކުރާ ދައުވާތަކާ ގުޅިގެން ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ބުނެ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ ހުކުމް އަންނަ މަހު އިއްވަން އެ ކޯޓުން ހަމަޖައްސައިފި އެވެ.
އާރަށް މައްސަލާގައި ޔާމީނަށް ދައުވާކުރަނީ އެރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް 2022 ވަނަ އަހަރު އިއްވި އެވެ.
ނަމަވެސް އެ މައްސަލަ ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އޮތީ އެ ހުކުމް ބާތިލްކޮށް, އަދި އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ނިންމައިފަ އެވެ. އަދި އެ މައްސަލަ އަލުން ބަލަން ވެސް އޮތީ އަމުރުކޮށްފަ އެވެ.
އެހެންވެ, ދައުލަތުން ވަނީ އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ބުނެ ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅައިފަ އެވެ. އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ކުރިން ނިންމާލާފައިވާއިރު, އެ މައްސަލާގެ ހުކުމް އަންނަ މަހުގެ ފުރަތަމަ ދުވަހު އިއްވަން މިހާރު ވަނީ ތާވަލްކޮށްފަ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އަބްދުالله ހަމީދެވެ.
އާ ހެކިތައް ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން ހުކުމް އިއްވަން ތާވަލް ކުރިއިރު, އާރަށް މައްސަލާގައި ކްރިމިނަލް ކޯޓުގެ އަޑުއެހުންތައް އޮތީ މެދުކަނޑާލައިފަ އެވެ
ސިނާއަތްތަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދު 51.7 ބިލިއަނަށް
އަމީތާބު އެންމެ ދުވަހަކުން 12 ފިލްމުގެ މަސައްކަތް ނިންމާލައިފި
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރަނީ