ނިޝާން މުލީގޭ ޝަރަފްގެ އިއްޒަތުގެ ވެރިޔާ މުހައްމަދު ސޯލިހުގެ ދީލަތި އެހީގައި އައްޑޫ ހުޅުދޫގައި ބިނާ ކުރި މިސްކިތް މިއަދު ހުޅުވައިފި އެވެ.
'މަސްޖިދު ޒުލައިހާ މުހައްމަދު'، ހުޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދެވެ.
މިއަދު ހަވީރު ހުޅުދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވިޔަފާރިވެރިޔާ މުހައްމަދު ސޯލިހާއި އޭނާގެ އާއިލާގެ ބޭފުޅުން ބައިވެރިވި އެވެ.
މި މިސްކިތް ހުޅުވުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަހީމް ވަނީ، މުހައްމަދު ސޯލިހުގެ އަމިއްލަ ގޯތި މާތް ﷲ އަށްޓަކައި ވަގްފުކޮށް މިސްކިތެއް ބިނާކުރެއްވިކަމަށްޓަކައި އެކަން ފާހަގަކުރައްވާފަ އެވެ. އަދި މިއީ އަދުގެ ޒުވާން ޖީލަށް އޮތް ވަރަށް ރަނގަޅު ފިލާވަޅެއްކަން ޝަހީމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި މިސްކިތަކީ 200 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
ޒިޕްލައިން އެޑްވެންޗާ ގިވްއަވޭގެ ނަސީބުވެރިން އިއުލާންކޮށްފި
"ދަ ސިމްޕްސަންސް"އިން ފައިނަލްގެ ދެ ޓީމު ދިމާ ކުރީތަ؟
ސިޔާސީ މައްސަލަތަކުގައި މިއަހަރު 12 މުވައްޒަފުން ކަނޑައިލި
