ދިރާގާއި ވަށްމާފުށި ގުޅިގެން ކުރިއަށް ގެންދިޔަ "ވަށްމާފުށި ޒިޕްލައިން އެޑްވެންޗަރ" ގިވްއަވޭ ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
28 އެޕްރިލް އިން 31 މެއި 2026 އަށް ކުރިއަށްދިޔަ މި ހަރަކާތުގެ ދަށުން، ގުރުއަތުން ހޮވުނު ތިން ނަސީބުވެރިއަކަށް ރާއްޖޭގެ ފުރަތަމަ ޒިޕްލައިން ހިލޭ ތަޖުރިބާކޮށްލުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. މި ފުރުސަތުގެ ދަށުން، ކޮންމެ ނަސީބުވެރިއަކަށްވެސް އިތުރު އެކަކާއެކު މި ތަޖުރިބާގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ގުރުއަތުން ހޮވުނު ނަސީބުވެރިންގެ ނަންތައް 16 ޖޫން 2026 ގައި ދިރާގުގެ މީސްމީޑިއާގައި ވަނީ އިއުލާނުކޮށްފައެވެ. އެ ފަރާތްތަކަކީ:
1. @Salwakamari_
2. @Hamdhoon.ibraahim
3. @She.Hero
ދިރާގުން ވަނީ ދާދި ފަހުން ދިރާގުގެ އެލީޓް ކްލަބްގެ ޕަރޓްނަރެއްގެ ގޮތުގައި ވަށްމާފުށި ރަސްމީކޮށް ހަމަޖައްސައި، އެ ކްލަބުގެ މެންބަރުންނަށް ހިތްގައިމު އައު ތަޖުރިބާތަކާއި ހާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ މަގު ފަހިކޮށްދީފަ އެވެ. މި ޕާޓްނާޝިޕްގެ ދަށުން ދިރާގުގެ އެލީޓް މެންބަރުންނަށް، ވަށްމާފުށީގެ ހިދުމަތްތަކުން %5 ޑިސްކައުންޓް ލިބޭނެ އެވެ. އަދި އެލީޓް ޕްލެޓިނަމް މެންބަރުންނަށް ޒިޕްލައިން އެޑްވެންޗާއިން %10 ޑިސްކައުންޓް ލިބޭނެ އެވެ. ކަސްޓަމަރުން ބުކިންގް ހަދާއިރު މި ޑިސްކައުންޓްތައް ބޭނުންކުރުމަށް ދިރާގު އެޕް މެދުވެރިކޮށް އެލީޓް ޑިޖިޓަލް ކާޑު ދައްކާލުމުން މި ޑިސްކައުންޓްތައް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ އެވެ.
ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދިރާގުގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް އެ ކަސްޓަމަރުންނަށް އަގުހުރި އޮފާތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގަ އެވެ. އަދި، ދިރާގުން ދަނީ ދިރާގުގެ އެލީޓް ޕަރޓްނަރުންނާ ގުޅިގެން މި ފަދަ އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ.
މައިންބަފައިން ކާމޭޒު ދޮށުގައި މާ ގިނައިން ފޯނު ބޭނުންކުރޭ!
ބޯހިޔާވަހިކަމަށް އެދި 58،505 އެޕްލިކޭޝަން ހުށަހެޅި
ރާއްޖޭގެ ޑީޖީޕީ މިއަހަރު ހުންނާނީ 1 ޕަސެންޓްގައި: އައިއެމްްއެފް
