ހުޅުމާލޭގެ ފިހާރައެއްގައި ތޫނު ހަތިޔާރުން ހަމަލާދިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް2 ގެ ފިހާރައަކަށް ތޫނު ހަތިތާރު ހިފައިގެން މީހަކު ވަދެ، މާރާމާރީ ހިންގާ މައްސަލަ މިއަދު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
އާންމުންގެ ބަޔަކު އެ މީހާ ހިފަހައްޓައިގެން އުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް ފުލުހުން ހާމަކޮށްފައެއްނުވެ އެވެ.
އާބާދީ އޮޅުވާލި ކަމަށް ތުހުމަތުކޮށް މޭޔަރު ސައުދާ ސުވާލުކޮށްފި
މީރާއަށް ލަފާކުރި ވަރަށް ވުރެ މިދިޔަ މަހު އާމްދަނީ ދަށް
ކަނޑުއޮޅިން މައިންތައް ސާފުކޮށް އެއްކޮށް ހުޅުވާލައިފިން: ޓްރަމްޕް
