ދުނިޔޭގެ މަޝްހޫރު ބޭންޑް "ވަން ޑިރެކްޝަން" ގެ ކުރީގެ މެންބަރު ލިއަމް ޕޭން ކުއްލި ގޮތަކަށް މަރުވިއިރު އެއްވެސް ވަސިއްޔަތެއް ލިޔެފައި ނެތުމުން އޭނާގެ މިލިއަނުން އަގުހުރި މުދަލަށް ވާނެގޮތަކާ މެދު އުފެދިފައިވާ ސުވާލުތަކަށް މިވަނީ ގާނޫނީ ޙައްލެއް ލިބިފަ އެވެ.
ކޯޓު ލިޔެކިޔުންތަކާ ހަވާލާދީ "ޕީޕަލް" މެގަޒިންއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ލިއަމްގެ 29 މިލިއަން ޑޮލަރުގެ ބޮޑު މިލްކިއްޔާތުގެ ހަމައެކަނި ވާރިސަކަށް އޭނާގެ ނުވަ އަހަރުގެ ދަރިފުޅު ބެއާމިވަނީ ހަމަޖައްސާފަ އެވެ.
2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އާޖެންޓީނާގެ ހޮޓަލެއްގެ ބެލްކަނީއަކުން ވެއްޓި ލިއަމް މަރުވިއިރު، އޭނާ ކައިވެންޏެއް ކޮށްފައި ނުވެ އެވެ.
އިނގިރޭސިވިލާތުގެ ގާނޫނު ބުނާ ގޮތުން، ވަސިއްޔަތެއް ނެތި މީހަކު މަރު ވެއްޖެނަމަ އަދި ކައިވެނީގެ ބައިވެރިއަކު ނެތްނަމަ، އޭނާގެ ހުރިހާ މުދަލެއް ލިބޭނީ އޭނާގެ ދަރިންނަށެވެ.
ކޯޓުގެ ނިންމުމުގައިވާ ގޮތުން ބެއާ އަށް ވާރުތަވި 29,007,998 ޑޮލަރުގެ ތެރެއިން ކުޑަ މިންވަރެއް މިހާރުވެސް އޭނާގެ ބޭނުންތަކަށް ހަރަދު ކުރެވޭނެ އެވެ. ނަމަވެސް، އެ ފައިސާގެ ބޮޑުބައި ބެހެއްޓޭނީ ހާއްސަ ޓްރަސްޓް ފަންޑެއް ގައެވެ. ބެއާގެ އުމުރުން 18 އަހަރު ފުރުމުން ނޫނީ އެ ފައިސާ އޭނާއަށް ސީދާ ބޭނުމެއް ނުކުރެވޭނެ އެވެ.
މީގެ އިތުރުން ބައެއް ރިޕޯޓްތައް ބުނާ ގޮތުން، ބެއާގެ މަންމަ އަދި ލިއަމްގެ ކުރީގެ ލޯބިވެރިޔާ ޝެރިލް ބޭނުންވަނީ ބެއާގެ އުމުރުން 25 އަހަރު ވަންދެން އެ ފައިސާ ރައްކާތެރި ކަމާއެކު ބެހެއްޓުމަށެވެ. އެއީ މާލީ ގޮތުން ރަނގަޅު ނިންމުންތައް ނިންމަން އެނގޭނެ އުމުރަކަށް ވަންދެންނެވެ.
ލިއަމް މަރުވިއިރު ވަސިއްޔަތެއް ނެތުމުން، އިނގިރޭސިވިލާތުގެ ހައިކޯޓުން ވަނީ މި މުދާ އެއްކޮށް ބެލެހެއްޓުމުގެ ޒިންމާ ބެއާގެ މަންމަ ޝެރިލް އަށާއި މިއުޒިކް އިންޑަސްޓްރީގެ ވަކީލެއް ކަމަށްވާ ރިޗަޑް ބްރޭއާ ހަވާލުކޮށްފަ އެވެ.
އެމީހުންނަށް މި ފައިސާ ބެލެހެއްޓުމުގެ ބާރު އޮތް ނަމަވެސް، އަމިއްލައަށް އެ ފައިސާ ބޭނުންކުރުމުގެ ނުވަތަ އެހެން ބަޔަކަށް ބެހުމުގެ ގާނޫނީ ބާރެއް ނޯވެ އެވެ.
ލިއަމް ޕޭން އާއި ލަވަކިޔުންތެރިޔާ ޝެރިލްއަށް ބެއާ ލިބުނީ 2017 ވަނަ އަހަރުއެވެ. އޭގެ އަހަރެއްހާ ދުވަސް ފަހުން ދެމީހުން ވަކިވި ނަމަވެސް، ދަރިފުޅު ބެލުމުގައި ދެމީހުންގެ މެދުގައި އޮތީ ވަރަށް ގާތް ރަހުމަތްތެރި ގުޅުމެކެވެ. ލިއަމް ދިރިހުރިއިރު އަބަދުވެސް ބުނަމުންދިޔައީ އޭނާގެ ދިރިއުޅުމުގެ އެންމެ އުފާވެރި ހަނދާނަކީ ދަރިފުޅު ލިބުނު ދުވަސް ކަމަށެވެ.
ލިއަމްގެ ގާތް ރަހުމަތްތެރިން ބުނާގޮތުގައި، ލިއަމް މަރުވުމުގެ ކުރިންވެސް އޭނާގެ މާލީ ކަންކަން ރާވާފައިވަނީ މުސްތަގްބަލުގައި ބެއާ އަށް އެއްވެސް ކަމަކަށް ދަތިނުވާނެ ގޮތަށެވެ.
އަނގައިގެ ކެންސަރުގެ ނުރައްކާ އެންމެންނަށް ވެސް އެބައޮތް!
ތެލުގެ އަގު ދަށަށް ގޮސް، ފީފާއެއް 75 ޑޮލަރަށްވުރެ ތިރިވެއްޖެ
އަލްކާގެ ސިއްހަތާމެދު ގިނަ ބަޔަކު ކަންބޮޑު ވެއްޖެ