ފީފާ ވޯލްޑްކަޕްގެ ދެވަނަ ބުރުގެ ޖާގައެއް ސައުތު އެފްރިކާ އިން ފުރަތަމަ ފަހަރަށް ހޯދައިފި އެވެ.
ސައުތު އެފްރިކާ އިން މި މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ސައުތު ކޮރެއާ އާއި ދެކޮޅަށް ރޭ ގްރޫޕްގެ ފަހު މެޗުގައި ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
މެކްސިކޯގެ މޮންޓެރޭ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ 61 ވަނަ މިނިޓުގައި ތަޕޭލޯ މަސޭކޯ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި ނަތީޖާ އާއިއެކު ސައުތު އެފްރިކާއަށް ވަނީ ގްރޫޕްގައި ކުޅުނު ތިން މެޗުން 4 ޕޮއިންޓް ލިބިފަ އެވެ. ސައުތު ކޮރެއާއަށް ލިބިފައި ވަނީ 3 ޕޮއިންޓެވެ. އެހެންކަމުން އެ ޓީމަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވާނީ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކުޅުމަށްފަހުގަ އެވެ.
މި ގްރޫޕްގައި ދެން ހިމެނޭ މެކްސިކޯ އާއި ޗެކިޔާ ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއަކުން މެކްސިކޯ ވަނީ ކާމިޔާބުކޮށް ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ ޖުމްލަ 9 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ކޮލިފައިވެފަ އެވެ.
މުބާރާތް ބާއްވާ އެއް ގައުމު ކަމުގައިވާ މެކްސިކޯ އަށް މި މެޗުގައި ލަނޑުތައް ޖަހައިދީފައިވަނީ މަޓެއޯ ޗަވޭޒް އާއި ޖޫލިއަން ކީނޯނޭސް އަދި އަލްވާރޯ ފިޑަލްގޯ އެވެ.
ދިރާގު ގޭމާސް ގިލްޑްއަށް ސައިން-އަޕް ކޮށްގެން ޕީއެސް5 ޕްރޯއެއް
ޓޭލާއާއި ޓްރެވިސްގެ ކައިވެނިން ބްލޭކް ފެނިދާނެތަ؟
އަސްކަރީ ކުންފުންޏެއް ކަމަށް ކަނޑައެޅުމުން އަލީބާބާއިން ކޯޓަށް