ތާރީހުގެ ތަރުތީބު ނަންބަރުތައް ދިމާވާ ރީތި ތާރީހުތަކުގައި ކައިވެނިކުރުމަށް ދިވެހިން ދޭ ހާއްސަ ސަމާލުކަމާއެކު، މިއަދުގެ ރީތި ތާރީހުގައި މާލޭގައި އެކަނިވެސް 50 ކައިވެނި ކުރުމަށް ރަޖިސްޓްރީކޮށްފި އެވެ.
ފެމިލީ ކޯޓުން ހާމަކޮށްފައިވާ ގޮތުގައި، މިއަދު ކަމަށްވާ 26 ޖޫން 2026 (26/6/26) އަކީ ގިނަ ބަޔަކު ކައިވެނިކުރުމަށް އިސްކަންދީފައިވާ ދުވަހެކެވެ. މިއަދު ކައިވެނިކުރުމަށް ހަމަޖެހިފައިވާ 50 ޖޯޑުގެ ތެރެއިން ގިނަ ކައިވެނިތައް ކުރުމުށް ހަމަޖެހިފައިވަނީ ކޯޓުން ބޭރުގަ އެވެ.
އެގޮތުން، ކޯޓުން ބޭރުގައި 39 ކައިވެނި އަދި ފެމިލީ ކޯޓުގައި 11 ކައިވެނި ކުރުމަށް ހަމަޖެހިފައިވެއެވެ.
މިއަދުގެ ތާރީހު "ރީތި ތާރީހަކަށް" ވަނީ، ތާރީހު ލިޔާއިރު '26/6/26' މިފަދަ ގޮތަކަށް ނަންބަރުތައް ތަރުތީބުވާތީ އެވެ. މިފަދަ ހާއްސަ ދުވަސްތަކަކީ ހަޔާތުގެ އާ ފެށުމެއް ފެށުމަށް ބައެއް ދިވެހިން ވަރަށް ބޮޑަށް ބޭނުންވާ އަދި އެކަމަށް ކުރިއާލާ ތައްޔާރުވާ ދުވަހެކެވެ.
މިދިޔަ އަހަރުތަކުގައިވެސް މިފަދަ ތާރީހުތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދަކަށް ކައިވެނިތައް ކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިއަދަކީވެސް އެގޮތުން ފެމިލީ ކޯޓަށް ވަރަށް ބާރުބޮޑު ދުވަހެއްގެ ގޮތުގައި ވަނީ ފާހަގަވެފަ އެވެ.
ދިރާގުގެ އެލީޓް ކްލަބްގެ ޕާޓްނަރަކަށް އީޒްއެޕް
ކަށިމިޔަރުގެ މަސްވެރިކަން ހުއްޓުވާ މައްސަލަ ބަލައިގެންފި
ފުވައްމުލަކު އެއާޕޯޓުގެ ލައިޓް ނުދިއްލޭތީ އެއާޕޯޓު ބަންދު